ޔޫކޭ ރެޑް ލިސްޓްގައި ރާއްޖެ އޮންނަންޖެހޭ ސަބަބެއް ނެތް: ސަފީރު

ޔޫކޭ ރެޑް ލިސްޓްގައި ރާއްޖެ އޮންނަންޖެހޭ ސަބަބެއް ނެތް: ސަފީރު

Author
މުޙައްމަދު ޖިމީ
21 އޮގަސްޓް 2021 07:14
0

އިނގިރޭސިވިލާތުގެ ރެޑް ލިސްޓްގައި ރާއްޖެ އޮންނަންޖެހޭ ސަބަބެއް މިހާރު ނެތްކަމަށް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ.ފަރަހަނާޒް ފައިސަލް ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވެފައިމިވަނީ އިނގިރޭސިވިލާތުން ދަތުރުފަތުރުކުރުމުގެ ސަމާލުގެ ރެޑް ލިސްޓްގައި ރާއްޖެ އޮތީ ރާއްޖެއިން ހަދަންޖެހޭ ޓެސްޓެއް ހަދާފައިނުވާތީކަމަށް އެޗްޕީއޭއިން ބުނެފައިވަނިކޮށެވެ. ނަމަވެސް އެޗްޕީއޭއިން ބުނާ ޖިނޯމިކް ސީކުއެންސިން ޓެސްޓިންގެ ޑޭޓާ މިހާރު އަޕްޑޭޓްކޮށްފައިވާ ކަމަށް ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. އަދި އެކަން ކޮށްފައިވަނީ އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ އުސޫލްތަކާއި އެއްގޮތަށްކަމަށާއި، އެހެންކަމުން އެޤައުމުގެ ރެޑް ލިސްޓްގައި ރާއްޖެ އޮންނަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ ރާއްޖޭގެ ކޮވިޑް ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަރަށް މަދުވެފައިވާކަމަށާއި، ގިނަ ޤައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ ވެކްސިން ރޭޓްވެސް މަތިކަމަށް ޑރ.ފަރަހަނާޒް ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނޭއިރު އެޤައުމުގެ ރެޑް ލިސްޓްގައި ރާއްޖެ އޮތުމަކީ ފަތުރުވެރިކަމަށް އަސަރުކުރާނެކަމެކެވެ.

އިނގިރޭސި ގްރީން ލިސްޓްގައި ރާއްޖެ ހިމަނާފައި ނުވާއިރު، އެޤައުމުން އެންމެ ފަހުން އަޕްޑޭޓްކުރި ގްރީން ލިސްޓްގައި ރާއްޖެއަށްވުރެ ކޮވިޑްކޭސްތައް ގިނަ އިންޑިއާވެސް ހިމަނާފައިވެއެވެ. އިންޑިއާގައި ކޮވިޑް ކޭސްތައް އަންނަނީ ދަށްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.