އުމުރުން 10 އަހަރުގައި ކެމިސްޓްރީން އޭ ސްޓާ ހޯދި ރަޔާން ފޮރެންސިކް ލެބަށް

އުމުރުން 10 އަހަރުގައި ކެމިސްޓްރީން އޭ ސްޓާ ހޯދި ރަޔާން ފޮރެންސިކް ލެބަށް

ގުޅުންހުރި

އުމުރުން އެންމެ 10 އަހަރުގައި އައިޖީސީއެސްސީ އިމްތިހާންގައި ބައިވެރިވެ ކެމިސްޓްރީން އޭ ސްޓަރ ހޯދި ރަޔާން ރިޔާޒް އަބްދުލްވާހިދަށް މަރުހަބާކިޔައި، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި "މަސައްކަތް" ކޮށްލުމުގެ ފުރުސަތު ރަޔާނަށްދީފިއެވެ.

ރަޔާނަކީ ހުޅުމާލޭ ހުރަވީ ސްކޫލްގައި ކިޔަވަމުން އުމުރުން އެންމެ 10 އަހަރުގައި އައިޖީސީއެސްސީ އިމްތިހާންގައި ބައިވެރިވި ދަރިވަރެކެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ހަގު އުމުރުގައި ރަޔާން ހޯދި މި ކާމިޔާބަށް ފުލުހުންގެ މުއްސަސާއިން މަރުހަބާ ކިޔާ ކަމަށެވެ. ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލާލުމުގެ އިތުރުން ބައެއް މަސައްކަތް ފުލުހުންގެ އޮފިސަރުންނާއެކު ކޮށްލުމުގެ ފުރުސަތު ރަޔާނަށް ދީފައި ވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އިތުރު ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމަށް ފުލުހުން ރަޔާނަށް ހިތްވަރު ދީފައި ވެއެވެ.

އޯޓިސްޓިކް ކުއްޖެއް ކަމަށްވާ ރަޔާނަށް މިފަދަ ބޮޑު ކާމިޔާބެއް ހޯދައި ދިނުމުގައި އޭނާގެ މަންމަ ދައުރު ވަރަށް ބޮޑެވެ. ނަމަވެސް ރަޔާން އޯލެވެލް އިމްތިހާންގައި ބައިވެރި ކުރީ މިފަދަ ކާމިޔާބެއް ލިބިދާނެކަމަށް ހީކޮށްގެންނެއް ނޫން ކަމަށް މަންމަ ނުނެއެވެ.

ރަޔާންގެ މަންމަ ބުނެފައިވާ ގޮތުގައި ޔާން އަކީ އަބަދުވެސް އިންޓަނެޓުން އަމިއްލައަށް އެއްޗެހި ހޯދައިގެން ޕްރެޒެންޓޭޝަނާއި އެކްސްޕެރިމެންޓް ހަދާކުއްޖެކެވެ. އަދި ކުރިއަށް އޮތްތާ އެހެން މާއްދާތަކުންވެސް އޯލެވެލްގައި ރާޔަން ބައިވެރިކުރުމުގެ ވިސްނުން އޭނާގެ މަންމަ ގެންގުޅެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ