އެއްބަސްވުމުގައި ސޮއި ނުކޮށް ތިބިމީހުން ސޮއި ކުރާނެ ދުވަސްތައް ކަނޑައަޅައިފި

އެއްބަސްވުމުގައި ސޮއި ނުކޮށް ތިބިމީހުން ސޮއި ކުރާނެ ދުވަސްތައް ކަނޑައަޅައިފި

ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ތަފާތުއެކި ސަބަބުތަކާއި ގުޅިގެން ސޮއި ނުކުރެވި ތިބި މީހުންނަށް ސޮއިކުރެވޭނެ ދުވަސްތަކެއް އެޗްޑީސީން ކަނޑައަޅައިފިއެވެ.

އެއްބަސްވުންތަކުގައި ސޮއި ނުކޮށް ތިބި މީހުންނަށް، މާދަމައިން ފެށިގެން މިހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ސޮއިކުރެވޭނެ ގޮތަށް އެޗްޓީސީން ވަނީ ކޮންމެ ޓަވަރަކަށްވެސް ވަކި ތާރީހެއްގައި ސޮއިކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލު ކުރެވެނީ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މަޢުލޫމާތު ފޯމުތައް ފުރިހަމަކޮށް އެޗްޑީސީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަޢުލޫމާތު ކަށަވަރުކޮށް ނިމިފައިވާ ފަރާތްތަކެވެ. މަޢުލޫމާތު ފޯމު ހުށަ ނާޅާ ފަރާތްތަކުން Hiya 7000 Portal މެދުވެރިކޮށް ނުވަތަ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހުރަވީ ސްކޫލްގައި ކުރިއަށްދާ ވަގުތު، ފޯމު ބަލައިގަތުމަށް ޚާއްސަ ކުރެވިފައިވާ މޭޒަށް ހުށަހެޅުމަށް އެޗްޑީސީ އިން އެދެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6720 ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.

ފްލެޓުގެ އެއްބަސްވުން އެކުލަވާލުމަށް ވަކި ދުވަސްތަކެއް ކަނޑައާޅާފައި ވީނަމަވެސް އެއްބަސްވުން އެކުލަވާލެވޭނީ އެކަމަށްޓަކައި އެޗްޑީސީން ދޫކުރާ ފޯމުތައް ފުރިހަމަކޮށް ލިޔެކިޔުންތައް ހަމަކުރުމުންނެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމަށް ދިއުމުގެ ކުރިން މަޢުލޫމާތު ސާފުކުރުމަށް އެޗްޑީސީން އިލްތިމާސްކުރައްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *