ބިންމާ އިސްލާއިލް ވަހީދު ހޯދަން ފުލުުހުން އިއުލާންކޮށްފި

ބިންމާ އިސްލާއިލް ވަހީދު ހޯދަން ފުލުުހުން އިއުލާންކޮށްފި

Author
މުޙައްމަދު ޝަޒައިމް
20 އޮގަސްޓް 2021 09:47
0

މއ.ބިންމާވިލާ، އިސްމާއިލް ވަހީދު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ މއ.ބިންމާވިލާ، އިސްމާޢީލް ވަޙީދު (51އ)  ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދާކަމަށެވެ.

އިސްމާޢީލް ވަޙީދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 އޯގަސްޓް 24 ވަނަ ދުވަހުގެ 11:00 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އިސްމާޢީލް ވަޙީދުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދާ
ކީކޭ ލިޔެފައި މިއޮތީ. ފުރަތަމަ ހުށަހަޅާފައިވާ މައްސަލަ އެކޭ ބުނެފައި ފަހުން ތަންފީޒީ މައްސަލައެކޭ އެބަ ބުނޭ. ރަގަޅު ގޮތަކީ ކޮބައިބާ؟