އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދީފި

އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދީފި

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2020 12:30
0

ނެޝަނަލް ޑިމޮކްރަޓިކް ކޮގްރެސްގެ ނަމުގައި އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދެއްވައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ހުއްދަ ދެއްވައި މިއަދު މިޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ނެޝަނަލް އިންޓަރ ގްރިޓީ ކޮމިޝަންގެ ކުރީގެ މެމްބަރު ޔޫސުފް މާނިއުއާއި ލިޔުންވެސް ހަވާލުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު އެ ކޮމިޝަނުން ވަނީ މިދިޔަ މަހުގައި ހާމަކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓަރ ކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގައެވެ. އެގޮތުން އެ ޕާޓީގައި 52،952 މެންބަރުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެމްޑީޕީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމްގައެވެ. އެ ޕާޓީގައި 37،144 މެންބަރުން އެބަތިއްބެވެ.

ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދަށް ބަލާއިރު:
– ދިވެހި ރައްޔިތުންގެ ޕާޓީ: 2،902
– ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ: 52،952
– އަދާލަތު ޕާޓީ: 6،640
– ޖުމްހޫރީ ޕާޓީ: 13،825
– މޯލްޑިވްސް ރިފޯމް މޫވްމަންޓް: 3،023
– ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް: 37،144
– މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް: 8،178
– މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ: 2،881
– މޯލްޑިވްސް ތާޑްވޭ ޑިމަކްރެޓްސް: 3،171
– ޕީޕަލްސް ނެޝަނަލް ކޮންގްރެސް: 4،004

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާންމުކޮށްފައިވަނީ އެ ކޮމިޝަނަށް ލިބިފައިވާ އެންމެ ފަހުގެ މަޢުލޫމާތުތައް އަޕްޑޭޓް ކުރުމަށް ފަހުގައި ކަމަށް އިލެކްޝަންސް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.