ރިޔާޒުގެ ބަދަލުގައި 214 ކޮމެޓީއަށް އަލީ ހުސެއިން

ރިޔާޒުގެ ބަދަލުގައި 214 ކޮމެޓީއަށް އަލީ ހުސެއިން

Author
މުޙައްމަދު ޝަޒައިމް
18 އޮގަސްޓް 2021 09:52
0

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގައި ހިމެނި ވަޑައިގަންނަވަ ޖުމްހޫރީ ޕާޓީގެ މެމްބަރު ޕާޓީން ވަކިވުމުން، އެޕާޓީން އެކޮމިޓީއަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހަމަޖައްސައިފިއެވެ.

އަލީ ހުސެއިން ކޮމެޓީއަށް ހަމަޖެއްސިކަން ވަނީ މިއަދު ތަޅުމުގައި އިއުލާން ކުރައްވާފައެވެ. މަޖިލިސް ނާއިބް ރައީސް ވިދާޅުވީ މިބަދަލު ގެނައުމަށް ޖޭޕީން ހުށަހަޅާފައިވުމުން، މިއަދުން ފެށިގެން ކޮމިޓީއަށް ބަދަލު ގެނެސްފައިވާކަމަށެވެ. މީގެ ކުރިން 241 ކޮމިޓީގައި ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވަމުން ގެންދެވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެވެ. ނަމަވެސް އޭނާ ވަނީ ޖުމްހޫރީ ޕާޓީ ދޫކުރައްވައި މޯލްޑިވްސް ނެޝެނަލް ޕާޓީއާ ގުޅިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، މަޖިލީހުގެ ދަފްތަރަށާއި، ކޮމިޓީތަކަށް ވަނީ ބަދަލު ތަކެއް އައިސްފައެވެ.

މަޖިލީހުގެ ދަފްތަރަށް ބަދަލުތަކެއް އައިސްފައިވަނީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ޖުމްހޫރީ ޕާޓީން ވަކިވެފައިވާކަން އަންގަވައި، މަޖިލީހުގެ ގަވާއިދުގައި ބުނާ ލިޔުންތައް ހުށަހަޅުއްވާފައިވާތީ އެޕާޓީން ވަކިމުންނެވެ.

ނާޒިމްއާއި ރިޔާޒު ޖުމްހޫރީ ޕާޓީން ވަކިވެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. ނާޒިމްއާއި، ރިޔާޒު ޖޭޕީން ވަކިވުމުން ޖުމްހޫރީ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު ވަނީ 3 އަށް ވެއްޓިފައެވެ. އަދި ނާޒިމް އުފައްދަވާ ޕާޓީގެ ދެ މެމްބަރުންގެ ގޮތުގައި ނާޒިމްއާއި، ރިޔާޒު ވަނީ ކަނޑައަޅުއްވާފައެވެ. ދަފްތަރަށް މިހާރު އައި ބަދަލާއެކު މަޖިލީހުގައި ތިއްބެވީ އެމްޑީޕީގެ 65 މެމްބަރުންނާއި، ޕީޕީއެމްގެ 6 މެމްބަރުންނާއި، ޖޭޕީގެ 3 މެމްބަރުންނާއި، ޕީއެންސީގެ 3 މެމްބަރުންނާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސްގެ 2 މެމްބަރުންގެ އިތުރުން މިނިވަން 8 މެމްބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.