ހީނާ، މޫކޭއަށް: އިދިކޮޅުން ރައްޔިތުންގެ މުދަލުގައި ހުޅުޖަހާ ގެއްލުމެއް ނުދޭނެ

ހީނާ، މޫކޭއަށް: އިދިކޮޅުން ރައްޔިތުންގެ މުދަލުގައި ހުޅުޖަހާ ގެއްލުމެއް ނުދޭނެ

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2021 10:03
0

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ފަޅާލައި ވައްކަން ކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން ކަމަށްބުނެ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) ދެއްކެވި ވާހަކަތަކަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރައްދު ދީފިއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަކީ ދިވެހި ރައްޔިތުންގެ މުދަލުގައި ހުޅުޖަހައި، ރައްޔިތުންގެ މުދަލަށް އަރައި ގަންނަވާނެ ބައެއް ނޫންކަމަށެވެ. ރާއްޖޭގެ ފަހުގެ ތާރީހަށް ޖެހިލުމުން ރައްޔިތުންގެ މުދަލުގައި ހުޅުޖަހައި ގެއްލުންދިނީ ކޮންބައެއްކަން ސާފުވާނެކަމަށެވެ. އެކަން ކުރުމުގެ ސާފު ރެކޯޑެއް އޮތީ މިސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ކަމަށް ހީނާ ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީ އަކީ އެއްވެސް އިރަކު ހުޅުޖަހާ ރައްޔިތުންގެ މުދަލަށް ގެއްލުންދޭ ބައެއްނޫން. އެކަންކަމަށް ހިތްވަރުދީ ތާއީދެއްވެސް ނުކުރާނެ. އެފަދަ ކަންކަން ހިންގުމުގެ ހިސްޓްރީ އޮތީ މިސަރުކާރުގެ ތިއްބެވި ބޭފުޅުންގެ. އެކަން ފެބްރުއަރީ 8 ގައި ރާއްޖޭގެ ހުރިހާ ދިމާލަކުން ފެނިގެންދިޔަ.

– ހީނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި 2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު އަމިއްލަ ފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު، ޖެހިގެން އައިދުވަހު ވަނީ ޕާޓީގެ މެމްބަރުންނާއިއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މުޒާހަރާއެއްކޮށް، ކޯޓްތަކާއި، އެނޫންވެސް ދައުލަތުގެ ބައެއް އޮފީސްތަކުގައި ހުޅުޖަހާ ރޯކޮށްލާފައެވެ. މިހާދިސާއާއި ގުޅިގެން މިހާތަނަށްވެސް އެތައްބައެއްގެ މުހިންމު ލިޔެކިޔުންތަކާއި، ތަފާސް ހިސާބްތައް ވަނީ އަނދައި އަޅިއަށް ވެފައެވެ.

ހީނާ މޫކޭއަށް ރައްދު ދީފައިވާއިރު، މި އަހަރުގެ ތެރޭގައި 3 ފަހަރު މަތިން އާރްޑީސީގެ އޮފީސް ފަޅާލާފައިވާއިރު، ރޭ އެ އޮފީސް ފަޅާލި މީހާ ހައްޔަރުކޮށްފައިވާކަން އާރްޑީސީގެ ވަނީ ބުނެފައެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.

މިމައްސަލާގައި މޫކޭގެ ހުރިހާ ތުހުމަތެއް އޮތީ އިދިކޮޅު ފަރާތްތަކަށެވެ. އޭނާ ބުނެފައިވަނީ އޮފީހަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތް ކުރަނީ ކުށުގެ ރެކޯޑް އޮންނަ ފަރާތްތައް ބޭނުން ކޮށްގެން އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެއްވެސް ފަހަރެއްގައި ހައްޔަރު ކުރެވޭ މީހަކު އާރްޑީސީގެ މުވައްޒިފަކަށްނާއިރު، މިއީ އިދިކޮޅުން ކުރާކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގަސްމާ
ވަރަށް އިހުތިރާމު ކުރަން ކަމަނާއަށް. އަދި ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން ދަންނަވަން އެބަ ބޭނުންވޭ ކަމަނާގެ އަންހެން ދަރިފުޅު ސަފާރީތަކާއި ޝީޝާ ކެފޭތަކުގައި އަމަލުވެ ވޭޕް ކުރުމުގައި ހޭބޯ ނާރާ އެެއުޅޭ އުޅުމުން އަޅުގަނޑުމެން ލަދު ގަނެ ކަން ބޮޑުވަމެވެ. ފުރަތަމަ އާއިލާގެ ތެރެއިން އިސްލާހީ އެޖެންޑާ ފަށްޓަމާތޯއެވެ.