އިލެކްޝަން ކޮމިޝަނަށް 5 ނަމެއް

އިލެކްޝަން ކޮމިޝަނަށް 5 ނަމެއް

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2021 09:41
0

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކޮމިޝަންގައި ކުރިން މަސައްކަތް ކުރެއް އާސިފްއާއި، މިހާރުވެސް ކޮމިޝަންގައި މަސައްކަތް ކުރައްވާ ޝަހުލާގެ ނަމާއިއެކު 5 ނަމަކަށް އިސްކަން ދެއްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުނު ނަންފުޅުތައް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެކޮމިޝަނުގެ މެމްބަރު އަދި ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް އިސްތިއުފާ ދެއްވުމާގުޅިގެން މަޤާމު ހުސްވެފައިވާތީއެވެ.

ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތި ލެއްވި ނަންފުޅުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި 5 ނަމުގެ ތެރޭގައި އިލެކްޝަން ކޮމިޝަންގައި މީގެ ކުރިން މަސައްކަތް ކުރެއްވި މުހައްމަދު އާސިފްއާއި، ކޮމިޝަންގެ މިހާރުގެ ޑިރެކްޓަރ ޝަހުލާ މުހައްމަދުގެ ނަންފުޅުވެސް ހިމެނެއެވެ.

އިލެކްޝަން ކޮމިޝަނަށް އިސްކަން ދެއްވި 5 ނަންފުޅު:
– މުހައްމަދު އާސިފް
– ޝަހުލާ އިސްމާއިލް
– އަޒްލީމާ އަހުމަދު
– އަހުމަދު މަންސޫރު
– މަރިޔަމް ހަނީފާ

އިލެކްޝަން ކޮމިޝަނަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ނަންފުޅުތައް ދިރާސާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ވޭތުވެދިޔަ ތިން އިންތިޚާބުގައި އިލެކްޝަންސްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފު މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ އެމަޤާމަށް އިންތިޚާބުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗް މަހުގެ 6 ވަނަ ދުވަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.