ވެމްކޯގެ ވާހަކަތައް ދޮގުކޮށް، ތަފްސީލާއިއެކު މުއިއްޒު ހާމަކޮށްފި

ވެމްކޯގެ ވާހަކަތައް ދޮގުކޮށް، ތަފްސީލާއިއެކު މުއިއްޒު ހާމަކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 އޮގަސްޓް 2021 12:25
0

މާލެ ސަރަހައްދުގެ ކުނި މަގުތަކަށް ނުނެރެ، ވެމްކޯގެ މުވައްޒިފުން ގޭގެއަށް ވަދެ ކުނި ނެގުމަށް ނުނިންމާކަމަށްބުނެ މާލެ ސިޓީގެ މޭޔަރު މުއިއްޒު ދެއްކި ވާހަކަތަކަށް ވެމްކޯއިން ދޮގު ކުރުމުން، ވެމްކޯއަށް މުއިއްޒު ރައްދު ދެއްވައިފިއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދޮގު ބަޔާންތައް ނެރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ. އަދި ކުނި ނެގުމުގެ ކަންކަން ބަދަލު ކުރުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު މަޝްވަރާ ކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. މުއިއްޒުވަނީ ވެމްކޯއަށް ކޮންމެ މަހަކު ސިޓީ ކައުންސިލުން ކުރާ ޚަރަދުގެ ތަފްސީލްވެސް ހާމަ ކުރައްވާފައެވެ.

ތާޖުއްދީން ސްކޫލުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިންވެސް އަމަލު ކުރަމުން އައި އުސޫލުން ގޭގެއަށް ވަދެ ކުނި ނަގަން ފަށަން ޖެހޭ ކަމަަށެވެ.

ވެމްކޯއިން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅެއްގެ ގޮތުން އޭޕްރީލް 16، 2020 އިން ފެށިގެން މާލެ ސަރަހައްދުގައި ކުނި ނަގާ އުސޫލު ބަދަލުކޮށްފައިވާއިރު މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުނި ނަގާ އުސޫލަށް ބަދަލު ގެންނާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.