ރެއާލް މެޑްރިޑު މޮޅަކުން ލީގު ފަށައިފި

ރެއާލް މެޑްރިޑު މޮޅަކުން ލީގު ފަށައިފި

Author
އިބްރާހީމް ސާޢިދު
15 އޮގަސްޓް 2021 09:14
0

ސްޕެނިޝް ލަލީގައި މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރެއާލް މެޑްރިޑް މޮޅުވީ ރަށުން ބޭރުގައި އަލްވޭސް އަތުން 4-1 ލަނޑުން މޮޅުވެގެންނެވެ. މެޗުގެ މެޑްރިޑްގެ ކަރިމް ބެންޒީމާ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. މިއީ 2021 ވަނަ އަހަރު އޭނާ ލީގުގައި ކާމިޔާބުކުރި 17 ވަނަ ލަނޑެވެ. އޭނާ ވެފައިވަނީ ލަލީގައި މިއަހަރު މިހާތަނަށް ދެވަނައަށް އެންމެ ގިނަލަނޑުޖެހި ކުޅުންތެރިޔާއަށެވެ.

ދެން މެޑްރިޑްއަށް މިމެޗުގައި ލަނޑުތައް ކާމިޔާބުކޮއްދިނީ ނަޗޯގެ އިތުރުން ވިނިޝަސް ޖޫނިއަރއެވެ. މެޗުގައި ކޯޗު ކާލޯ އެންޗެލޯޓީ ވަނީ ގެރެތް ބޭލްއަށް ޓީމުން ފުރުސަތު ދީފައެވެ. އެންމެފަހުން ލީގު މެޗެއްގައި ބޭލް މެޑްރިޑަށް ކުޅެފަވަނީ 2020 ވަނަ އަހަރު މަޔޯކާ ދެކޮޅަށެވެ.

އަދި މިސީޒަންގައި ޓީމާ އަލަށް ގުޅުނު ޑޭވިޑް އަލްބާއަށް ވެސް ވަނީ ފުރުސަތު ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.