މަހްލޫފުގެ ވާހަކަތަކުން އެނގެނީ ޤާނޫނީ ވެރިކަމެއް ރާއްޖޭގައި ނެތްކަން: އާދަމް ޝަރީފް

މަހްލޫފުގެ ވާހަކަތަކުން އެނގެނީ ޤާނޫނީ ވެރިކަމެއް ރާއްޖޭގައި ނެތްކަން: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
14 އޮގަސްޓް 2021 03:32
0

ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފް ސަރުކާރަށް ކުރާ ތުހުމަތުތަކުން އެނގެނީ ޤާނޫނީ ވެރިކަމެއް ރާއްޖޭގައި ނެތްކަންކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް މިހެން ވިދާޅުވީ، އޭސީސީގެ ރައީސާ މަރްޔަމް ޝިއުނާއާއި، ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންކަމަށްވާ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދުގެ ނަޒާހަތްތެރިކަން ގެއްލޭފަދަ ހެކި އެބަހުރިކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވުމާއި ގުޅިގެންނެވެ.

އެކަމަށް ރައްދު ދެއްވައި އާދަމް ޝަރީފް ވިދާޅުވީ، މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ ޤާނޫނީ ޒިންމާ އަދާނުކުރެވޭ ޙާލަތަށް ޤައުމު ވެއްޓިފައިވާކަމަށެވެ. ވަޒީރަކު ސަރުކާރުގެ މުއައްސަސާތަކަށް އެފަދަ ތުހުމަތުތަކެއް ކުރެއްވުމުން އެކަން ތަހުގީގްކޮށް ފިޔަވަޅު ނާޅާނަމަ އެއިން ދޭހަވަނީ ޤާނޫނީ ވެރިކަމެއް ރާއްޖޭގައިނެތްކަންކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ ޤާނޫނީ ޒިންމާ އަދާނުކުރެވޭ ޙާލަތަށް ޤައުމު މިވަނީ ވެއްޓިފައި. ވަޒީރަކު މިފަދަ ވާހަކަތަކެއް ދެއްކެވީމަ އެކަން ތަހުގީގްކޮށް ފިޔަވަޅު ނާޅާނަމަ އެއިން ދޭހަވަނީ ޤާނޫނީ ވެރިކަމެއް ރާއްޖޭގައިނެތްކަން.

– އާދަމް ޝަރީފް ޢުމަރު

އާދަމް ޝަރީފް މިހެން ވިދާޅުވިއިރު، ރޭ ކްލަބް ހައުސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަޚްލޫފް ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ދިފާޢުގައި ގިނަ ވާހަކަތަކެއް ހިއްސާކުރައްވާފައެވެ. އެސްއީޒެޑް ޤާނޫނު ފާސްކުރުމަށް ވޯޓު ދެއްވުމަށް ވަޑައިގަތީ މެލޭޝިއާގައި ހުންނެވުމަށްފަހުއެވެ. މަހުލޫފް ވިދާޅުވީ، ރާއްޖެ ވަޑައިގަތުމުގެ ކުރިން އޭރުގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުހައްމަދަށް ގުޅުއްވައި ވޯޓު ނެގުމަށް އޮތް ބިލެއް އޮތްތޯ ސާފުކުރެއްވިކަމަށެވެ.
މަހުލޫފް ވިދާލުވީ މެލޭޝިއާއިން ރާއޖެ ވަޑައިގަތީ ބިޒްނަޒް ކްލާހުގައިކަމަށާއި، ޕާޓީން ލިބުހާވެސް އެއްޗަކީ ބިޒްނަސް ކްލާސް ޓިކެޓްކަމަށެވެ. އަދި ރާއްޖެ ވަޑައިގަތީ ދަރިފުޅައި އަނބިކަނބަލުންވެސް މެލޭޝިއާގައި ބަހައްޓާފައިކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ، އޭސީސީގެ ރައީސް މަރްޔަމް ޝިއުނާއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދުގެ ޗެޓްލޮގްތަކެއް ލިބިވަޑައިގެންފައިވާކަމަށެވެ. މަހުލޫފް ވިދާޅުވީ ޝަރީއަތަށް އޭނަގެ މައްސަލަ ގޮސްފިނަމަ އެ ވާހަކަތައް ހާމަކުރައްވާނެކަމަށާއި، އެއީ ދައުލަތް “އޮރިޔާން” ވާނެ ފަދަ ވަހަކަތަކެއްކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލާގައި އެއްވެސް މީހަކަށް ދައުވާ ނުކުރެވަރުގެ މައްސަލައަކަށް ވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ، ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުން އޭގައި އަމަލުކުރެވެންޖެހޭ ގޮތަކީ، ދައުވާކުރެވޭވަރަށް ހެކި ހުރެއްޖެނަމަ ދައުވާކުރުންކަމަށާއި، ހެކި ނެތްނަމަ ދައުވާ ނުކޮށް އަނބުރާ ގެނދިއުންކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ މައްސަލަ ބާއްވައިގެން ހެކި އުފައްދަން މަސައްކަތްކުރައްވާކަމުގެ ތުހުމަތު މަހުލޫފް ކުރެއްވިއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވާއިރު، މަހުލޫފް ވިދާޅުވެފައިވަނީ، ކުރިން ނިންމަވައިގެން ހުންނެވީ ޕީޖީ އޮފީހުން މައްސަލާގައި ގޮތެއް ނިންމީމަ އިސްތިއުފާ ދޭން ނަމަވެސް ދެން ދައުވާ ކުރިޔަސް އިސްތިއުފާދިނުމާ މެދު އިތުރަށް ވިސްނާނެކަމަށެވެ.މަހްލޫފު ވިދާޅުވީ ފެށުނީއްސުރެ އޭނާގެ މައްސަލައިގެ ތެރެއަށް ނުފޫޒުގަދަ ސިޔާސީ ބަޔަކު ވަދެ މިކަން ހިންގަނީ ސީދާ ޒާތީ ގޮތުން ކަމަށެވެ. އަދި ދައުވާކޮށްފިނަމަ ކޯޓުތެރޭން އެހުރިހާ ކަމެއް ހާމަވާނެ ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ. އަދި ޕީޖީގެ މައްޗަށް މަހްލޫފު ވަނީ މި މައްސަލާގައި ގިނަ ތުހުމަތު ތަކެއް ކޮށްފައެވެ.

މީގެ އިތުރުން ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މެދުވެރިކޮށް ލަންކާ ރައްޔިތެއްގެ ބަޔާން ރާއްޖެއާއި ލަންކާގެ ގާނޫނޫތަކާ ހިލާފަށް ނެގިމައްސަލައެއް ލަންކާއިންނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީންވެސް ބަލަމުން ގެންދާކަމަށް މަހްލޫފު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ގިނަވެގެން 6 ދުވަސްތެރޭ ދައުވާ ކުރުމާމެދު ގޮތެއް ނިންމާކަމަށް ޕީޖީ ޕްރެސްގަ ވިދާޅުވި ކަމަށާއި އޭނާގެ މައްސަލަ އޮންނަތާ 60 ދުވަސް ވެފައި ވާކަމަށްވެސް މަހްލޫފު ވަނީ ވިދާޅުވެފައެވެ.

މަހްލޫފުގެ ޗެޓްލޮގެއް ކަމަށް ބުނާ ޗެޓްލޮގްގެ އެނެލެސިސް ހެދި ފަރާތްތަކުން ކޯޓަށް ހާޒިރުކުރަން މަސައްކަތްކުރިއިރު އެމީހުން ކޯޓަށް އަޔަސް ޗެއިން އޮފް ކަސްޓަޑީ ނެތް އެއްޗެއްގެ އެއްވެސް ޤާނޫނީ ބުރަދަނެއް ކަމަށް އެމީހުން ބުނެފައި ވާކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ. މީގެ އިތުރުން އެ ޗެޓް ލޮގްތަކުގަ އޭނާ ދެއްކި ކަމަށް ބުނާ އެއްވެސް ވާހަކައެއްވެސް ނެތް ކަމަށް މަހްލޫފު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.