ތާލިބާނުން ދަނީ އަފްއާނިސްތާންގައި، ހައްގުތަކުން އަންހެނުން މަޙުރޫމް ކުރަމުން: ޔޫއެންގެ ސެކެޓްރީ ޖެނަރަލް

ތާލިބާނުން ދަނީ އަފްއާނިސްތާންގައި، ހައްގުތަކުން އަންހެނުން މަޙުރޫމް ކުރަމުން: ޔޫއެންގެ ސެކެޓްރީ ޖެނަރަލް

Author
ހުސެއިން
14 އޮގަސްޓް 2021 08:40
0

އަފްއާނިސްތާން ސަރުކާރާ ދެކޮޅަށް އެގައުމުގައި ތާލިބާުނުން ބޮޑެތި ކުރިއެރުންތަކެއް ހޯދާ، އަދި މިހާރު، ޕްރޮވިންސްތަކުގެ ވެރިކަންކުރާ ގިނަ ސިޓީތަކެއްވެސް އެމީހުންގެ ބާރުގެދަށަށް ގެނެސްފައިވާއިރު، ތާލިބާނުން ކޮންޓްރޯލް ކުރަމުންދާ ގިނަ ސިޓީތަކުގައި، އަންހެނުންގެ ހައްގުތައް އެޖަމާއަތުން ހިފަހައްޓަމުންދާކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް، ޔޫއެންގެ ސެކެޓްރީޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއެޖެއެވެ.

އަފްއާނިސްތާން ސަރުކާރާ ދެކޮޅަށް ތާލިބާން ހަގުރާމަވެރިން ކުރަމުންދާ ހަގުރާމާގައި ހޯދަމުންދާ ކާމިޔާބީތަކާއެކު، އެ ޖަމާއަތުން މިހާރުދަނީ ވެރިރަށް ކާބުލްއާއި ކާރިއަށް ޖެހެމުންނެވެ. އަދި ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ތާލިބާނުން ކާބުލް ހިފާ، 2001ވަނަ އަހަރު އެމެރިކާ ސިފައިން އެގައުމަށް އަރާ ބަދަލުކުރި، އެ ޖަމާއަތުގެ ވެރިކަން އަލުން އަބުރާ އިއާދަ ކޮށްފާނޭކަަމަށް މިހާރުދަނީ ވަރަށް ބޮޑަށް ބެލެވެމުންނެވެ.

"މިހާރުވެސް ލިބެމުންދާ ރިޕޯޓުތަކަށް ބަލާއިރު، ތާލިބާނުން ހިފާފައިވާ ސަރަހައްދު ތަކުގައި އަންހެނުންގެ ޙައްގުތަށް ވަރަށް ބޮޑަށް ހިފަހައްޓާފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފަ، ޚާއްސަކޮށް އަންހެނުންނާއި ނޫސްވެރިންނަށް އަމާޒުކޮށް، މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް،" ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ގުޓަރޭސް ވިދާޅުވެފައި ވެއެވެ.

"އެތައް މަސައްކަތަކުން ހޯދާ ދީފައިވާ، އަފްއާނިސްތާންގެ އަންހެން ކުދިންނާއި، އަންހެނުންގެ ހައްގުތައް މިގޮތަށް ގެއްލިގެންދާތަން ފެނިގެން ދިއުމަކީ، ވަރަށް ހިތްދަތި މަންޒަރެއް،" އޭނާ ވިދާޅުވިއެވެ.

އަދި ޔޫއެންގެ ސެކެޓްރީ ޖެނެރަލް އިންޒާރު ދީފައިވާ ގޮތުގައި، މިގޮތަށް އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމާލާ ދިނުމަކީ، ބައިނަލް އަގުވާމީ ގާނޫނުތަކާ ޚިލާފު، ހަގުރާމައިގެ ބޮޑެތި ޖަރީމާތަކުގެ ގޮތުގައި ހިމެނޭ ކަންކަމެވެ.

އަފްއާނިސްތާނުގައި ކުރިޔަށްދާ ހަގުރާމައިގައި، އެންމެ ކުރީސަފުގައި ހަގުރާމަ ކުރަމުންދިޔަ، ވަކިވަކި ސިފައިންނާ، ޔުނިޓްތަކާއި އަދި އެތަކެއް ޑިވިޝަންތައްވެސް ވަނީ ތާލިބާން ހަގުރާމަވެރިންނަށް އަމާންދީފައެވެ. ނަތިޖާއެއްގެ ގޮތުން ހަގުރާމަ ވަރުގަދަ ކުރުމަށް ބޭނުންވާ އެތައް އުޅަދުތަކަކާއި އަދި ގިނަގުނަ ހަތިޔާރުތަކެއްވެސް ވަނީ ތާލިބާނުންނަށް މިހާރު ލިބިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.