މާލޭގެ މިސްކިތްތައް ސީސީޓީވީ ނެޓްވޯކަކުން ގުޅާލަނީ

މާލޭގެ މިސްކިތްތައް ސީސީޓީވީ ނެޓްވޯކަކުން ގުޅާލަނީ

Author
މުޙައްމަދު ޝަޒައިމް
13 އޮގަސްޓް 2021 01:32
0

މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް، މިސްކިތްތައް ނެޓްވޯކަކުން ގުޅައިލަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާފަންނުގެ މީހުންނަށް ހާއްސަކޮށް ބޭއްވި އަވަށު ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސީސީޓީވީ ނެޓްވޯކުން މިސްކިތްތައް ގުޅައިލަން ނިންމީ މުޅި މާލެ ސީސީޓީވީން ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށް، އެ ނިޒާމު މައިގަނޑު ގޮތެއްގައި ބަލަހައްޓާނީ ކައުންސިލުންނެވެ.

މިދިޔަ ދުވަސްތަކުގައި ފެނިގެން ހިނގައްޖެ ޑްރަގް ބޭނުންކުރާ ކުދިން އެތަން ނޭދެވޭ ގޮތުގަައި ބޭނުންކުރާ ތަން. އަދި ކޮންމެވެސް މިސްކިތެއްގައި އެހެން ދީނެއްގެ މީހެއް އަޅުކަން ކުރަމުންދާ ތަން ވެސް ފެނިއްޖެ. މި ކަހަލަ ކަންކަމަކީ އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުންވާ ކަހަލަ ކަންކަމެއް ނޫން.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލަރުންގެ ބައްދަލުވުމުގައި އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަން ފާހަގަކޮށް ޑރ. މުއިއްޒު ވިދާޅުވީ އެ ނިޒާމު މައިގަނޑު ގޮތެއްގައި ބަލަހައްޓާނީ ކައުންސިލުން ކަމަށެވެ.

މިސްކިތްތަކުގައި ކެމެރާ ހަރުކުރަން ވީހާ ވެސް އަވަހަކަށް ފައްޓަވާނެ ކަމަށް މޭޔަރު ވިދާޅުވިޔަސް ސީދާ ތާރީހެއް ވިދާޅެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.