ރައީސް ޞާލިހުއަކީ އަދާލަތު ޕާޓީގެ ބޭފުޅެއްކަމަށް ވިދާޅުވެ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީް ދެއްކެވި ވާހަކަތަކާއި ގުޅިގެން އެކަން ބަލައި ދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕަށް، އެޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުވި މައްސަލަ ޕީޖީ ގްރޫޕުން ނުބެލޭނެކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ހަސަން އަފީފްގެ މައްސަލަ ޕީޖީ ގުރޫޕަށް ހުށަހަޅާފައި މިވަނީ ރައީސް ސޯލިހް ހުންނެވީ އަދާލަތު ޕާޓީގައި ނޫން ކަމެއްވެސް ނޭނގޭ ކަމަށް ވިދާޅުވެ ހަސަން އަފީފް ދެއްކެވި ވާހަކަތައް ބައްލަވާ އެފަދަ ވާހަކަތައް ހުއްޓުވައިދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ހަސަން ލަތީފަށް ގުޅުއްވާ އެ މައްސަލަ ހުށަހެޅުއްވުމުންނެވެ.
ހަސަން ވަނީ މިއަދު އެމައްސަލަ ޕީޖީ ގްރޫޕަށް ހުށަހަޅާފައެވެ. ނަމަވެސް މިމައްސަލަ ހުށަހެޅުމާއި ގުޅިގެން މަޖިލީހުގެ ސުޕަމެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެފައިވަނީ މިމައްސަލައަކީ އެމްޑީޕީގެ ކަމާއި ގުޅުންހުރި ކޮމެޓީތަކުން ބަލަންޖެހޭ މައްސަލައެއްކަމަށެވެ. އަފީފް ދެއްކެވި ވާހަތަކަކީ މަޖިލީހުގެ ޕީޖީ ގްރޫޕުން ބެލޭނެ މައްސަލައެއް ނޫންކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިންއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭ ކަހަލަ ވާހަކަ ދެއްކުމުން އެކަން ބެލުމަކީ އިސްލީޑަރުގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ. ހަސަން އަފީފް ދެއްކެވި ވާހަކައާ ބެހޭ ގޮތުން އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި ޗެއާޕާސަން ހަސަން ލަތީފާ ވެސް ވާހަކަ ދައްކަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޚުދު ހަސަން އަފީފާ ވެސް އެ ވާހަކަ ދައްކަވާފައި ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެެވެ.
ރައީސް ހުންނެވީ އަދާލަތު ޕާޓީގައި ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އަފީފް ވިދާޅުވި ހަބަރާ އެކު އާޒިމް މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ އެއްވެސް އެމްޕީއަކު އެހެން ވިދާޅުނުވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ