ގއ. ދާންދޫގައި ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅުންހުރި މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލައިގެ ތުހުމަތުގައި ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކުކޮށްލި ކަމުގެ ތުހުމަތުގައި ދާންދޫން ހަތަރު މީހެއްގެ ފޯނު ހިފެއްހެއްޓީ ރޭގެ ވަގުތެއްގަ އެވެ. އެ މީހުންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނުން ފިޔަވާ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ބައެއްގެ ފޯން ފުލުހުންގެ އަތުގައި އޮތް ނަމަވެސް ދާންދޫ ކައުންސިލްގެ ރައީސްގެ ފޯން އޮތް ކަމަކަށް ނުބުނެއެވެ. ފުލުހުންގެ އޮޕަރޭޝަންގައި ބަލައި ފާސްކުރަން އުޅުނީ ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ އާއިލީ މީހެއްގެ ގެއެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
One Response
ތީ މި ގއ އަތޮލުގެ ހުރިހާރަށއްގެ ކައުންސިލް އާއި ފުލުހުންގެ ހާލަތު ގުޅިލާމެހިފައިވާއަމަލެއް