ޑރ.ޖަމީލް ޕޮލިސް ބޯޑަށް: މިއީ ކޮރަޕްޝަނާއި މުޑުދާރު އަމަލުތައް ބަލާފާނެތީ ދޭ އަދަބު!

ޑރ.ޖަމީލް ޕޮލިސް ބޯޑަށް: މިއީ ކޮރަޕްޝަނާއި މުޑުދާރު އަމަލުތައް ބަލާފާނެތީ ދޭ އަދަބު!

ގުޅުންހުރި

ފުލުހުންގެ އިސް އޮފިޝަލުންތަކެއް މަޤާމުން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމެވި ނިންމެވުމަކީ، ކޮރަޕްޝަނާއި މުޑުދާރު އަމަލުތައް ބަލާފާނެތީ ދޭ އަދަބެއްކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސްވީ އިސް 7 އޮފިޝަލަކު ފުލުހުންގެ ޚިދުމަތުން ވަކިކުރުމަށް ރޭ ދަންވަރު ޕޮލިސް ބޯޑުން ވަނީ ނިންމާފައެވެ. އެކަމަށް ފާޑުވިދާޅުވަމުން ޑރ.ޖަމީލް ވިދަޅުވީ، ޤައުމުގެ އެންމެ އަގުބޮޑު އެއް ރައުސުލްމާލަކީ އިންސާނީ ވަޞީލަތްކަމަށާއި، އެމްޑިޕީގެ އެކްޓިވިސްޓުން ހިމެނޭ ބޯޑުން ބަދަލުހިފަން އުޅޭކަން ސާފުކަމަށެވެ. ގިނަ ދުވަހު ޚިދުމަތުގައި ތިބި ބަޔަކު ވަކިކުރަނީ ޙައްޤުތައް ރައްކާތެރިކަން ކުރަންތޯ ވިދާޅުވެ ޑރޖަމީލް ސުވާލު އުފެއްދެވިއެވެ. އަދި މިއީ ކޮރަޕްޝަނާއި މުޑުދާރު އަމަލުތައް ބަލާފާނެތީ ދޭ އަދަބެއްކަމަސްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

ޤައުމުގެ އެންމެ އަގުބޮޑު އެއް ރައުސުލްމާލަކީ އިންސާނީ ވަޞީލަތް. އެމްޑިޕީގެ އެކްޓިވިސްޓުން ހިމެނޭ ބޯޑުން ބަދަލުހިފަން އުޅޭކަން ސާފް. ގިނަ ދުވަހު ޚިދުމަތުގައި ތިބި ބަޔަކު ވަކިކުރަނީ ޙައްޤުތައް ރައްކާތެރިކަން ކުރަންބާ؟ މިއީ ކޮރަޕްޝަނާއި މުޑުދާރު އަމަލުތައް ބަލާފާނެތީ ދޭ އަދަބު.

– ޑރ.މުޙައްމަދު ޖަމީލް އަޙްމަދު

ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ޕޮލިސް ބޯޑުން ނިންމާފައިވަނީ:

– ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު

– އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ

– ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު

– އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު

– އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު

– ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް

– ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

ގާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެއެވެ.

އަދި އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކުރެވިފައިވާ އޮފިސަރުންނަކީ މަގާމަށް އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާ އާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ގޮތެއް ޕޮލިސް ބޯޑުން ކަނޑައެޅަން ޖެހޭނެއެވެ.

އެކަމާ ގުޅިގެން ޕޮލިސް ބޯޑުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ގާނޫނުން ޕޮލިސް ބޯޑާ ހަވާލުކޮށްފައިވާ އެއް މަސްއޫލިއްޔަތަކީ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުންނަކީ މަގާމަށް އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާ އާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ގޮތެއް ކަނޑައެޅުން ކަމަށެވެ.

އެގޮތުން އޮފިސަރުންގެ ގާބިލުކަން ވަޒަން ކުރުމަށް ކުރި މަސައްކަތަށް ކަނޑައެޅިފައިވާ ތާރީހަށް މަސައްކަތް ނިންމުމަށްފަހު، ގާނޫނުގައިވާ ގޮތުގެ މަތީން އެކަން ތަންފީޒު ކުރުމަށް ސީޕީ ހަމީދަށް ހުށަހަޅާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުން އަންނަ ފުލުހުންގެ އައު ޤާނޫނާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެ ޤާނޫނުގެ ސަބަބުން ފުލުހުންގެ ޚިދުމަތް އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި މި އައު ޤާނޫނުގެ ބޭނުމަކީ ވެސް މިނިވަން ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި، ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، ފުލުހުންނަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަމާއި، ޤާނޫނީ ބާރާއި، ޤާނޫނީ ހައިސިއްޔަތު، ފުލުހުންގެ މުއައްސަސާއަށާއި މުވައްޒަފުންނަށް ލިބިދިނުންކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ