ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޒާހިރު ރައީސް ޞާލިހު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް އެދިވަޑައިގެންފިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ ކެންޕެއިންގައި ގދ.ގައްދޫއާއި ޖެހިގެން އޮންނަ ގަން ގައްދޫ ކައުންސިލާއި ހަވާލުކުރުމަށް ރައީސް ޞާލިހު ވެވަޑައިގެންފައިވާ ވައުދު ނުފުއްދިފައިވާތީ މިއަދު ރައީސް ޞާލިހަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި އަހުމަދު ޒާހިރު ވިދާޅުވީ މިވައުދަކީ ރައީސް ވެވަޑައިގެންފައިވާ ވައުދަކަށްވާއިރު މިވައުދު ވީހާސްވެސް އަވަހަށް ފުއްދަން ޖެހޭކަމަށެވެ.
މިސިޓީގައި އަހުމަދު ޒާހިރު ވިދާޅުވީ ރައީސް ހުވާކުރުމާއިއެކު މިވައުދު ފުއްދުމަށް އޭރު ދެންނެވުމުން ވިދާޅުވީ މިވައުދު ފުއްދޭނީ ލާމަރުކަޒީ ޤާނޫނުނަށް ގެންނަ އިސްލާހުތަކާއިއެކު ކަނޑައެޅޭ އިޚްތިޞާޞުގެ ތެރެއިންކަމަށެވެ. ނަމަވެސް މިހާރު ޤާނޫނަށް ގެންނަންޖެހޭ އިސްލާހު މަޖިލިސް ތެރެއިން ގެނެސްދީ، ޤާނޫނު ފާސްކޮށް ތަސްދީގު ކުރެއްވިތާ އެތައް ދުވަހެއް ވެގެންދާއިރުވެސް މިވަދު ތަންފީޒު ކުރެވިފައި ނުވާކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.
އަދި ގައްދޫގެ އިޚްތިޞާޞްގެ ތެރޭގައި ގަން ހިމަނުއްވާނެކަމަށް ވިދާޅުވި ނަމަވެސް ގާނޫނު ފާސްވެގެންދިޔައިރު އިޚްތިޞާޞްގެ ތެރޭގައިވެސް ގަން ހިމެނިފައިނުވާކަމަށް މިސިޓީގައިވެއެވެ.
Gdh. Gadhdhoo Gan, mirashakee Gadhdhoo rayathunah ethah gothakun muhimmu rasheh. Raeesuljumuhuryage mi vaudhu fudhigen dhiyumakee rayathun nuhanu beynun vaa kameh. pic.twitter.com/dc7FhE4p8e
— Ahmed Zahir (@ahmedzahirjr) October 26, 2020
މެމްބަރު އަހުމަދު ޒާހިރުވަނީ މިވައުދު ރައީސް ޞާލިހުގެ ރައްޔިތުންނަށް ވެ ވަޑައިގެންފައިވާގޮތަށް ވީހާވެސް އަވަހަކަށް ފުއްދުމަށް ދަންނަވާފައެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރަކު ރައީސްގެ ވައުދުތައް ނުފުއްދި މިފަދަ ސިޓީއެއް ރައީސް ޞާލިހުއަށް ފޮނުވާފައިވުމުން ރައީސް ޞާލިހާއި މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުންނާއި އޮންނަންޖެހޭ ގުޅުން އެންމެ އެކަށީގެންވާ ގޮތުގައި ނެތްކަން ވަނީ ހާމަވާކަމަށް ބައެއް ފަރާތްތަކުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ