ހަނދު ނުފެނުމާއި ގުޅިގެން، ސައުދީއަށް ހިޖުރީ އާއަހަރުގެ ފުރަތަމަ ދުވަހަކީ އޮގްސްޓް 10 ވަނަ ދުވަސް

ހަނދު ނުފެނުމާއި ގުޅިގެން، ސައުދީއަށް ހިޖުރީ އާއަހަރުގެ ފުރަތަމަ ދުވަހަކީ އޮގްސްޓް 10 ވަނަ ދުވަސް

Author
ހުސެއިން
09 އޮގަސްޓް 2021 10:25
0

އާދީއްތަަ ދުވަހުގެ އިރު އޮއްސުމަށްފަހުވެސް މުހައްރަމް މަހުގެ ހަނދު ފެނިފައިނުވާތީ، ސައުދީ އަރަބިއާއަށް އިސްލާމީ އާއަަހަރުގެ ފުރަތަމަ ދުވަހަކީ އޮގްސްޓް މަހުގެ 10 ވަނަ ދުވަސް ކަމުގައ، އާދީއްތަ ދުވަހުގެ މަޢުރިބް ނަމާދަށްފަހު ސައުދީ އަރަބިއާގެ ދީނީ ކަންކަމާބެހޭ އިދާރާތަކުން ހާމަ ކޮށްފިއެވެ.

މުޙައްރަމް މަހަކީ އިސްމާލީ ކަލަންޑަރުގެ އެންމެ ފުރަތަމަ މަހެވެ. އަދި އެމަހަކީ، ކީރިތި ޤުރުއާންގައި އެންމެ މާތް ހަތަރު މައްސަރުގެ ގޮތުގައި ބަޔާން ކުރައްވާފައިވާ މައްސަރުތަކުގެ ތެރެއިން އެއް މަސްވެސްމެއެވެ. ކީރި ޤުރުއާންގައި އެންމެ މާތް މައްސަރުތަކުގެ ގޮތުގައި ބަޔާން ކުރައްވާފައިވާ އަނެއް ތިން މައްސަރަކީ، އިސްލާމީ ކަލަންޑަރުން 7 ވަނަ މައްސަރު ކަމުގައިވާ ރަޖަބު މަހާއި، 11 ވަނަ މައްސަރު ކަމުގައި ޒުލް ޤައިދާ މަހާއި، އަދި 12 މައްސަކަރު ކަމުގައިވާ ޒުލް ޙިއްޖާ މަހެވެ.

އިސްލާމީ ކަލަންޑަރުގެ މަސްތައް ބިނާވެގެންވަނީ ހަނދުގެ ދައުރުވުމުގެ މައްޗަށެވެ. މިގޮތުން އިސްލާމީ ކަލަންޑަރުގެ މަހެއްގެ ދިގުމިނުގައި އޮންނަނީ 29 ނުވަތަ 30 ދުވަހެވެ.

"މިއަދު ހަނދު ފެނިފައެއް ނުވޭ، އެހެންކަމުން 1443 ވަނަ ހިޖުރީ އާއަހަރު ފެށޭ ދުވަހަކީ އޮގަސްޓު މަހުގެ 10ވަނަ ދުވަސް ކަމަށްވާ އަންގާރަ ދުވަސް،" ހަރަމައިން (މަސްޖިދު އަލް ހަރަމް އަދި މަސްޖިދު އަލް ނަބަވީ)ގެ ފަރާތުން އަޕްޑޭޓް ކުރަމުންދާ ޓުވިޓަރ އެކައުންޓުން ޓުވީޓް ކޮށްފައި ވެއެވެ.

1442 ވަނަ އަހަރުގެ ޒުލްޙިއްޖާ މަހުގެ 29ވަނަ ދުވަސް ފުރިހަމަ ވެގެން ދިއުމާއެކު، ހަނދުބެލުމަށް، ސައުދީ އަރަބިއާގެ މުވައްސަސާތަކުންނާއި އިރާން، ޔުނައިޓެޑް އަރަބި އެމިރޭޓްސް، އިރާގް، އޮމާން، ކުވައިތު، އަދި އިތުރު އިސްލާމީ ގައުމުތަކުންވެސް ވަނީ ހަނދުބެލުމަށް އިލްތިމާސްކޮށް އާންމުކޮށް އަންގާ އިއުލާން ކޮށްފައެވެ.

"ހަމަ ލޮލުން، ނުވަތަ ޓެލެސްކޯޕުން ނަމަވެސް، މިއަދު، އާދީއްތަ ދުވަހު (އޮގްސްޓު މަހުގެ 8 ވަނަ ދުވަހު) އެއްވެސް މީހަކަށް އާ ހަނދު ފެނިއްޖެނަމަ، އެންމެ ކައިރީގައި ހުރި ކޯޓަކަށް ގޮސް ހެކިބަސް ދިނުމަށް، ނުވަތަ އެންމެ ކައިރީގައި ހުރި ސެންޓަރަކަށް ގުޅުމަށް،" މުހައްރަމް 2021 (ހިޖުރައިން މުހައްރަމް 1443) އާއި ގުޅޭގޮތުން މި ގައުމުތަކުން އާންމު ކޮށްފައިވާ ބަޔާނުގައި އެދިފައި ވެއެވެ.

ހިޖުރީ ކަލަންޑަރުން ކޮންމެ މުޙައްރަމް މަހެއްގެ 1 ވަނަ ދުވަހަކީ ދުނިޔޭގެ ހުރިހާ މުސްލިމްތަކުން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިޖުރީ އާއަހަރު ފާހަގަ ކުރާ ދުވަހެވެ. މިއީ މުސްލިމުން އެބައިމީހުންގެ އަހަރު ގުނަން ފަށާ ދުވަހެވެ. އަދި ހިޖުރީ ކަލަންޑަރަކީ މުސްލިމުންނަށް އެބައިމީހުންގެ އެންމެ މުޤައްދަސް އަޅުކަންތައް ގުޅިފައިވާ ތާރީޚެވެ. މިގޮތުން ރަމަޟާންމަސް ހިޖުރީ ކަލަންޑަރާ ގުޅިފައިވާއިރު، އިސްލާމް ދީނުގެ ފަސް ވަނަ ރުކުން ކަމުގައިވާ ޙައްޖުގެ މަތިވެރި އަޅުކަންވެސް ގުޅިފައިވަނީ ހިޖުރީ ކަލަންޑަރާއެވެ.

ތާރީޚު ލިޔުމުގައި ޙިޖުރީ ތާރީޚަށް ރިޢާޔަތްކުރުމަށް ނިންމަވައި އެކަން އެންމެ ފުރަތަމަ ކަނޑައެޅުއްވި ބޭފުޅަކީ މާތް ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު رضي الله عنه އެވެ. މިގޮތުން ހިޖުރީ ތާރީޚަށް ޢަމަލުކުރަން ފެށިފައިވަނީ ހިޖުރީ ސަނަތުން 17 ވަނަ އަހަރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.