ހަސަން އަފީފަކީ އެމްޑީޕީގެ މެމްބަރެއްތޯ އާޒިމް ސުވާލު އުފައްދަވައިފި

ހަސަން އަފީފަކީ އެމްޑީޕީގެ މެމްބަރެއްތޯ އާޒިމް ސުވާލު އުފައްދަވައިފި

ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން އަފީފަކީ އެމްޑީޕީގެ މަޖިލީސް މެމްބަރެއްކަމާމެދު އެޕާޓީގެ ޕީޖީ ލީޑަރ އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ އާޒިމް ސުވާލު އުފައްދަވައިފިއެވެ.

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ހަސަން އަފީފް ވިދާޅުވެފައިވާ ވިދާޅުވުމަކަށް އިޝާރާތްކުރައްވާ އާޒިމް ވިދާޅުވީ އެމްޑީޕީގެ އެއްވެސް މަޖިލީސް މެމްބަރަކު އެފަދަ ގޮތަކަށް ވިދާޅުވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އާޒިމް މިފަދަގޮތަކަށް ވިދާޅުވެފައި ވީނަމަވެސް ދިވެހި ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ ފަހަރެއްގައި ރައީސުލްޖުމްހޫރިއްޔާ އަކީވެސް އަދާލަތު ޕާޓީގެ ބޭފުޅަކަށްވެފައި ހުރެދާނެ ކަމަށެވެ.

އަފީފް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް އެތައް ޒަޚަމެއް ލިބިފައިވީ އިރުވެސް “މާ ބޮޑު ކަމެއް ނުވާ” ކަމާއި ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް އަދާލަތު ޕާޓިއަށް ނިސްބަތްވާ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި ކަމަށާއި، ރައީސް ޞާލިހްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިބީ އަދާލަތު ޕާޓިގެ މެންބަރުންކަމަށެވެ.

މީގެ އިތުރުން އަފީފް ވިދާޅުވީ އަފީފް ވިދާޅުވީ ރައީސުލްޖުމުހުރިއްޔާއަކު ރައްޔިތުން އިންތިހާބު ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަންކަމަށާއި އެފަދައިން އަމަލުކުރުމަކީ ރައީސުލްޖުމުހުރިއްޔާއެއްގެ މައްޗަށް ލާޒިމްވާކަމެއްކަމަށެވެ.

އަފީފްއަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބެލުމަށް އެމްޑީޕީން އެކުލަވާލި މޭ 6 ކޮމެޓީގެ މުޤައްރިރުވެސް މެއެވެ. އަފީފް ގެންދަވަނީ ދޭތެރެ ދޭތެރެއިން ރައީސް ޞާލިހުއަށާއި، ސަރުކާރަށް ނިސްބަތްކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. ބައެއް ބޭފުޅުން ވިދާޅުވަމުންދަނީ އަފީފް ސަރުކާރާއި ދެކޮޅުވެގެން އުޅެނީ ސަރުކާރުން ލިބޭ ޕްރޮޖެކްޓްތައް މަދުވުމުންކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *