މީގެ ކުރިން ތަފާތު ވާހަކަތަކެއް ދެވެމުން ދިޔަ ސަންޖޭ ލީލާ ބަންސާލީގެ "ބައިޖޫ ބާވްރާ" އަށް ރަންވީރު ސިންގ ސޮއިކޮށްފިކަން ބޮލީވުޑް ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ކަށަވަރު ކޮށްދީފިއެވެ.
ފިިލްމުން ފެނިގެން ދަނީ ރަންބީރު ކަޕޫރު ކަމަށް އެންމެ ފުރަތަމަ ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެއަށްފަހު މި ފިލްމް ކާތިކް އާރިޔާނަށް ލިބިފައިވާ ކަމުގެ އަޑުތަކެއް ވެސް އެރިއެވެ. ނަމަވެސް އެންމެފަހުން ހަބަރުތަށް ބުނިގޮތުގައި މި ފިލްމުން ފެނިގެން ދާނީ ރަންވީރު ސިންގ އެވެ.
ފަހުގެ ހަބަރުތަށް ބުނާގޮތުގައި ރަންވީރު ވަނީ މިހާރު މި ފިލްމަށް ސޮއިކޮށްފައެވެ. ސަންޖޭގެ 4 ފިލްމަކުން ރަންވީރު މިހާތަނަށް ފެނިފައި ވާއިރު، މިހާތަނަށް ސަންޖޭގެ ފިލްމަކަށް އޭނާ ދޫކޮށްލާފައި ވަނީ ހަމައެކަނި "ގުޒާރިޝް" ކަމަށް ރަންވީރު ވަނީ ބުނެފައެވެ. 2010ގެ މިފިލްމުން ފެނިގެންދިޔައީ ރިތިކް ރޯޝަނާއި އައިޝްވާރިޔާ ރާއީ އެވެ.
"ބައިޖޫ ބަވްރާ"ގެ ކާސްޓިން އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ސަންޖޭ މީގެކުރިން ބުނެފައިވަނީ މި ރޯލަށް އޭނާ ނަގަން އެންމެ ބޭނުންވާ އެކްޓަރަކީ ރަންވީރު ކަމަށެވެ.
ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ "83″ އެވެ. މި ފިލްމަކީ މިހާރު މަަސައްކަތް ނިމި ކޯވިޑްގެ ސަބަބުން ސިނަމާތަކަށް ނުގެނެވި އޮތް ފިލްމެކެވެ. ރަންވީރުގެ "ސާކަސް" ވެސް އޮތީ މިހާރު ޝޫޓިންގ ނިމިފައެވެ.
ކޮމެންޓު ފޮނުވާ