އަލީމް؛ ދިޔާނާއަށް: ބޭނުންހާ ވާހަކައެއް ދައްކައިގެން، ބޭނުންހާ ގޮތަކަށް ކަންކަމެއްނުވާނެ

އަލީމް؛ ދިޔާނާއަށް: ބޭނުންހާ ވާހަކައެއް ދައްކައިގެން، ބޭނުންހާ ގޮތަކަށް ކަންކަމެއްނުވާނެ

Author
މުޙައްމަދު ޝަޒައިމް
05 އޮގަސްޓް 2021 02:07
0

ދިޔާނާ ބޭނުންވާހާ ގޮތަކަށް، ބޭނުންވާ ވާހައެއް ދައްކައިގެން ކަންކަމެއް ނުވާނެކަމަށްބުނެ އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމްގެ ހޫނު ރައްދެއް ކުރީގެ ބަންޑާރަ ނައިބް އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދަށް ދެއްވައިފިއެވެ.

އަލީމް މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަންގެ އެމްއާރުއެމްގެ ލީޑަރު ރައީސް މައުމޫން އަބްދުލް ގައްޔޫމު މީހުންނަށް ދެއްވާ ބޮޑެތި ގެއްލުން ނުބެލޭ ގޮތަށް އޮތުމަކީ ގޯހެއް ކަމަށް ވިދާޅުވެ ދިޔާނާ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. އަލީ ވިދާޅުވީ ދިޔާނާ ހިތްހަމަ ޖެހޭހާ ގޮތަކަށް ހުރިހާ ކަމެއްވާން ނުޖެހޭކަމަށެވެ. ރައީސް މައުމޫނާއި ދެކޮޅަށް ހެކި ހުރިކަމަށްބުނެ މައްސަލަ ކޯޓަށް ވައްދައިގެންވެސް ވީހަމަ އެއްކަމެއްވެސް ނެތްކަމަށާއި، އޭރުވެސް މިހާރުވެސް ދައްކަނީ ހުސްވާހަތަކެއްކަމަށް އަލީމް ވިދާޅުވިއެވެ.

ހެޔޮ ހިތްހަމަ ނުޖެހުނަސް، ދިޔާނާ ބޭނުންހާ ގޮތަކަށް އަދި ބޭނުންހާ ވާހަކައެއް ދައިކައިގެން ކަންކަމެއް ނުވާނެ އިނގޭތޯ! ހެކި އެބަހުއްޓޯ ކިޔައިގެން މިތާ ޗަރުކޭސް ޖައްސާފަ ކޯޓަށް ދިޔާމަ ޗަރުކޭސްތައް އޮތީ އަތަށް ގޮވާފަ.

– އަލީމް ވިދާޅުވިއެވެ.

އަލީމް ވިދާޅުވީ ޖާބިރު ވިދާޅުވާ ފައިސާއެއް ރައީސް މައުމޫނަށްވެސް އަދި އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫނަށްވެސް ލިބިފައި ނުވާކަމަށެވެ. އެކަން އެގޭނެ ދުވަހެއް އެބައޮތްކަމަށާއި، ޖާބިރު މިކަމުގައި އެއްދުވަހު ވާހަކަ ދައްކާ ގޮތާއި އަނެއް ދުވަހު ދައްކާ ވާހަތަކަށް ބަލައިމުން މިއީ ކޮން ގޮތަކަށް ކޮން ބޭނުމެއްގައި ދައްކާ ވާހަތަކެއްކަން ސާފުވާކަމަށް އަލީމް ވިދާޅުވިއެވެ.

ހަގީގަތަކީ ރައީސް މައުމޫން އަށް އަދި ފާރިސްއަށްވެސް އެނުބާ އެއްވެސް ފައިސާއެއް ނުދޭކަން. އެކަން އެނގޭނެ ދުވަހެއްވެސް އެބައޮތް. ފުރަތަމަ މަޖިލީހުގައި ގޮވީ އެހެން މީހަކަށް ދިންކަމަށް. ފަހުން މީހަކު ބުނެގެން ދެން ގޮވަންފެށި ބަނދިވަރު މިހާރު އެގޮވަނީ. ވަރަށް ސާފުކޮށް އެނގޭކަންކަން މިއީ.

– އަލީމް ވިދާޅުުވިއެވެ.

ދިޔާނާ ވިދާޅުވީ ރައީސް މައުމޫން، ޖާބިރުއަށް ދިން ގެއްލުމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން އުޅޭތާ އެތައް ދުވަހެއް ވެފައިވާކަމަށެވެ. ނަމަވެސް އެމައްސަލަ އެއްވެސް ވަރަކަށް ކުރިއަށް ނުދާކަމަށެވެ. ރައީސް މައުމޫނަށް އެކި ކަންކަމުގައި ލިބިވަޑައިގަންނަވާ ގެއްލުންތަކުގެ މައްސަލަތައް ބާރަށް ހިނގާ ގޮތަށް، ރައީސް މައުމޫން މީހުންނަށް ދެއްވާ ބޮޑެތި ގެއްލުންތައް ނުބެލޭ ގޮތަށް ކަންކަން ހަމަޖެހިފައި އޮތުމަކީ ވަރަށް ބޮޑު ގޯހެއްކަމަށް ދިޔާނާ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޖާބިރު އަތްޕުޅުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަންގަވާފައިވާކަމަށާއި، ނަމަވެސް އެފައިސާ އަނބުރާ ނުދައްކަވާކަމަށް ޖާބިރު ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.