ނަފަރުގެ ފެނާއި ނަރުދަމާގެ ނުނިމިހުރި މަސައްކަތް ނިންމުމަށްޓަކައި އެމްޑަބްލިއުއެސްސީއާއި މިއަދު މަސައްކަތް ހަވާލުކުރެވޭނެކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ ފެނާއި ނަރުދަމާގެ މަސައްކަތާއި މަގުހެދުުމުގެ މަސައްކަތާއި ގުޅޭގޮތުން ނައިފަރު ދައިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ނައިފަރުގެ ނަރުދަމާގެ މަސައްކަތުގެ ބާތިލް ކުރި ކޮންޓްރެކްޓްގެ މަސައްކަތް އެމްޑަބްލިއުއެސްސީއާއި އެކީ މިއަދު ސޮއިކުރާނެކަމަށެވެ. އަދި މަސައްކަތުގެ ބާކީބައިގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެކަމަށެވެ.
ނަމަވެސް ނައިފަރުގެ މަގުހެދުމައި ގުޅޭގޮތުން މިއަދުވެސް މިނިސްޓަރ އަސްލަމްގެ ޖަވާބެއް ނުލިބެއެވެ. މިނިސްޓަރ ވިދާޅުވީ ނަފައިފަރުގެ މަގުތައްވެސް އޮތީ ރާއްޖޭގެ އެހެން ރަށްރަށުގެ މަގުތަކޭއް އެއްގޮތަށް އެއްހާލަތެއްގައިކަމަށެވެ. މަގުހެދުމުގެ މަސައްކަތް ކުރުމަށް މަސައްކަތް ކުރަމުންދަކަމަށް ވިދާޅުވެ މިނިސްޓަރ އަސްލަމްގެ ޖަވަބުވަނީ ކުރުކޮށްލާފައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިމުގައި ޅ.ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތުގެ %85 މަސައްކަތް ނިމިފައިވަނިކޮށް މަސައްކަތް މިސަރުކާރުން ހުއްޓުވައި އިތުރަށް މަސައްކަތް ކުރިއަށްދާނެ އެއްވެސް ގޮތެއް ނުވާތީ އެރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނައިފަރު ދާއިރާގެ މެމްބަރު މިމައްސަލަ ހައްލުކޮށް ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާގައި އިއްވުމަށް ވަނީ އެޖްންޑާކޮށްފައެވެ.

މިމައްސަލާގައި މިއަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ. އެދުވަހުސް މިނިސްޓަ އަސްލަމް ވިދާޅުވީ ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތް ލަސްވަމުންދާތީ 3 ފަހަރެއްގެ މަތިން އިތުރަށް ވަގުތު ދީފައިވާކަމަށެވެ. އެގޮތުން ކޮންޓްރެކްޓް ކުރި މުއްދަތަށްވުރެ އިތުރަށް 279 ދުވަސް ދީފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަމަށް ކަނޑައަޅާ މިހާރު މަސައްކަތް ކުރިން ޙަވާލުކުރި އިންޑިއާގެ ލަކީ ހިޔާ އެކްސްޕޯޓް ކުންފުންޏާއެކުވެފައިވާ އެއްބަސްވުން އުވާލާފައިވާކަމަށް ޕްލޭނިންގ މިނިސްޓަރވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.
ނައިފަރުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދާތީ އެރަށުގެ ރަށްޔިތުން ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަދި މިހާރުވެސް ސޯޝަލް މީޑިޔާގައި ދަނީ މިކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
ކޮމެންޓު ފޮނުވާ