ޖޫން 30 ވަނަ ދުވަހުގެ ބޮޑުތަކުރުފާނުމަގު ލޯކަލް މާރުކޭޓް ކުރިމަތިން ބައިސްކަލެއް ވަގަށް ނެގި މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން ވަނީ އެމީހާ ބައިސްކަލުގައި ބޮޑުތަކުރުފާނުމަގު އެމްއެމްއޭ ސަރަހައްދުން ދުއްވާފައިދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. މި ވީޑިއޯ އާންމުކުރުމަށްފަހު ފުލުހުން ބުނީ މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ބުނުމަށްފަހު އެމައުލޫމާތެއް ހިއްސާކުރުން އެދޭ ކަމަށެވެ. މި މައްސަލައިގެ އިންސިޑެންޓް ނަންބަރަކީ 489048 ކަމަށްވެސް ފުލުހުން ބުނެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.