ފާއިތުވެދިޔަ އަހަރުގެ މި ދުވަސްތަކާ އަޅާބަލާއިރު، ފާއިތުވެދިޔަ މަހުގެ ރިޕޯޓުތައް ދައްކާގޮތުން، އިރާނުގައި ދިރިއުޅޭ ތަންތަނުގެ ކުލި %39 އުފުލި، އިންފްލޭޝަން އާދަޔާ ޚިލާފަށް މަތިވެގެން ގޮސްފައިވާ ކަމަށް، ސެންޓްރަލް ބޭންކް އޮފް އިރާން (CBI)އިން އާދީއްތަ ދުވަހު ރިޕޯޓު ކޮށްފިއެވެ.
އީރާނުގެ ވެރިކަން ކުރާ ސިޓީ ކަމުގައިވާ ތެހެރާންގައި، ދިރިއުޅޭ ތަންތަނުގެ ކުލި %35 އުފުލިގެން ގޮސްފައިވާއިރު، ތެރެހެރާންގައި އިންފްލޭޝަންވަނީ %50 މައްޗަށް ގޮސްފައެވެ. އިރާނުގައި އިންފްލޭޝަން އާދަޔާ ޚިލާފަށް މަތިވެގެން ގޮސްފައިވާއިރު، އެގައުމުގައި ނޭޝަނަލް ރިޒާވް ދަށްވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ގައުމުގައި ފައިސާ ޗާޕް ކުރަންޖެހި، މާރކެޓްގައި ލޯކަލް ކަރަންސީގެ ޑިމާންޑް ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ.
އިންފްޕޭޝަން މަތިވުމަކީ، އާންމު ގޮތެއްގައި ރިއަލްއެސްޓޭޓްގެ ވިރަފާރީގެ އަގަށާއި، ދިރިއުޅޭ ތަންތަނުގެ ކުއްޔަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ.
ފާއިތުވެދިޔަ އަހަރު އިރާނުގެ ސަރުކާރުން ވަނީ، އަހަރަކަށް، ވެރިރަށް ތެހެރާންގައި ދިރިއުޅޭ ތަންތަނުގެ ކުލި މަތިކުރެވޭނެ މިންވަރަކީ %25 ކަމުގައި ހަމަޖައްސާ އަދި އެހެނިހެން ސިޓީތަކުގައި ކުލި އިތުރުކުރެވޭނޭ މިންވަރަކީ %20 ކަމުގައި ހަމަޖައްސާފައެވެ.
އެހެންނަމަވެސް، ސެންޓްރަލް ބޭންކް އޮފް އިރާން (CBI)ގެ ރިޕޯޓުން ދައްކާ ގޮތުގައި އިރާން ސަރުކާރަށް މި މިންގަޑު ހިފެހެއްޓުމުގައިވަނީ ފެއިލް ވެފައެވެ.
އިރާނުގެ އަމިއްލަ ފައިސާގެ އަގު، 2017ވަނަ އަހަރުން ފެށިގެންވަނީ، 8 ގުނަ ދަށަށް ގޮސްފައެވެ. އޭރު އިރާން ފައިސާގެ އަގު ދަށަށް ގޮސްގައިވަނީ، ދުނިޔޭގެ ބާރުތަކާއެކީ އެމެރިކާވެސް ހިމެނޭގޮތުން 2015ވަނަ އަހަރު ކުރެވުނު އެއްބަސްވުމުން އެމެރިކާ އަމިއްލައަށް ބޭރުވާނެ ކަމަށް އޭރު ބެލެވެން ފެށުމުންނެވެ.
އަދި 2018ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިއުކުލިއަރ އެއްބަސްވުމުން އެމެރިކާ ބޭރުކޮށް، އިރާނާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ހަރުކަށި ފިވަޅުތައް އެޅުމުގުޅިގެން އިރާނުގެ ރިއާލްގެ އަގު ވަނީ އާދަޔާ ޚިލާފަށް ދަށަށް ގޮސްފައެވެ.
އަދި އެއަށްފަހު، މަތިވަމުންދިޔަ އިފްޕޭޝަންގެ ނަތީޖާއެއްގެ ގޮތުން އިރާނުގެ އާބާދީގެ %60ވަނީ ފަގީރުހާލުގައި ދިރިއުޅެއް ޖެހިފައެވެ.