ޓީމާ މެދު ފަޚުރުވެރިވަން: ޒިދާން

ޓީމާ މެދު ފަޚުރުވެރިވަން: ޒިދާން

Author
އިބްރާހީމް ސާޢިދު
26 އޮކްޓޯބަރ 2020 09:19
0

ސްޕެނިޝް ލަލީގާގައި އެލްކެލްސިކޯ މެޗުގައި ބާސެލޯނާގެ މައްޗަށް ހޯދި ކާމިޔާބުގެ ސަބަބުން އޭނާގެ ޓީމާމެދު ފަޚުރުވެރިވާކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޒިދާން ބުނީ ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ބާސާ އަތުން ހޯދިމޮޅުގެ ސަބަބުން ހަމަޖެހުމެއް ލިބިފަވާކަމަށެވެ. މެޗަށްފަހު ބާސެލޯނާގެ ކޯޗު ރޮނާލް ކޫމަން ފާޑުކިޔުންތައް ރެފްރީއަށް އަމާޒުވުމުން ޒިދާން ބުނީ އެނާއަކީ އެއްވެސް އިރެއްގައި ރެފްރީން ގޯސްކޮށްފަ ވާހަދައްކާނެ މީހެއް ނޫންކަމަށެވެ.

ރެއާލް މެޑްރިޑަށް ލިބުނީ ހައްގު މޮޅެއް ކަމަށާއި ބާސެލޯނާ ކޮޅަށް ތިން ލަނޑަށްވުރެ އިތުރަށް ޖަހަންވެސް ފުރުސަތު ލިބުނުކަމަށް ހުސްވި ސީޒަންގެ ލީގު މެޑްރިޑަށް ކާމިޔާބުކޮއްދިން ކޯޗު ބުނެފައިވެއެވެ.

މިމެޗުން ހޯދި މުހިންމު ތިން ޕޮއިންޓާއެކު މެޑްރިޑު އޮތީ ތާވަލުގެ އެއްވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.