އޮފީހަށް ގެންގޮސް މޭމަތީގައާއި، ފޫކޮޅުގައި ކޮށްޓުމަކީ ކުޑަކަމެއްނޫން: ދިޔާނާ

އޮފީހަށް ގެންގޮސް މޭމަތީގައާއި، ފޫކޮޅުގައި ކޮށްޓުމަކީ ކުޑަކަމެއްނޫން: ދިޔާނާ

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2020 09:04
0

ޖިންސީ ފުރައްސާރަކުރުމަށްޓަކައި އޮފީހަށާއި، އެނޫން ތަންތަނަށް އަންހެނުން ގެންގޮސް މޭމަތީގައާއި، ފޫކޮޅުގައި ކޮށްޓުމަކީ ކުޑަކަމެއް ނޫންކަމަށްބުނެ ކުރީގެ ބަންޑާރަނައިބް ދިޔަނާ ސައީދުގެ ރައްދެއް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ދެއްވައިފިއެވެ.

ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެ ދެއްކެވި ވާހަތަކައި ގުޅިގެން ދިޔާނާ ވިދާޅުވީ މިނިސްޓަ އިމްރާގެ މިވާހަތަކަކީ އަންހެނުންގެ ކަރާމަތާއި އިއްޒަތަށް ދެއްކެވި ހުތުރުކަންބޮޑު ވާހަތަކެއްކަމަށެވެ.

ދުޢާކުރުގެ ނަމުގައާއި، އެނޫންވެސް އެކި ކަންކަމުގައި އޮފީސްތަކަށާއި، އެނޫން ތަންތަނަށްވެސް އަންހެނުން ގެންގޮސް އަންހެނުންގެ މޭމަތީގައި ކޮށްޓައި، ފޫކޮޅުގައި ކޮށްޓުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަންކަމެއް ނޫންކަމަށް ދިޔާނާ ވިދާޅުވިއެވެ. އަދި މިއީ އަންހެނުންނަށް ކުރެވޭ ޖިންސީ ބޮޑު ފުރައްސާރައެއްކަމަށް ދިޔާނާ ވިދާޅުވިއެވެ.

އަންހެނުންގެ ކަރަމާތަށް ކުޑައިމީސްކަން ބޮޑު، ހުތުރު ލަދުވެތި ވާހަކަފުޅެއް. އަންހެނެއްގެ ނަފްސަށް ނުރުހުމުގައި އައި ފޯރުވުމަކީ ކުޑަކަމެއްނޫން. ދުއާ ކޮށްދޭށޭކިޔާ އޮފީހަށް ގެނެސް މޭމަތީކޮށްޓުމާއި، ފޫކޮޅޫގަ ކޮށްޓުމާއި، މިއިން އެއްވެސް ކަމަކީވެސް ކުޑަކަމެއްނޫން.

– ދިޔާނާ ސައީދު

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ހުޅުމާލޭގައި ސަފާރީއެއްގައި ކެންޔާ އަންހެނެއް ރޭޕް ކުރިކަމަށް ދެކެވޭ ވާހަކަ ފުރަތަމަ އަޑު އިވިވަޑައިގަތުމުން ހިނގައިގެން އުޅޭނީ ބޮޑު ރޭޕްކޭސްއެއްކަމަށް ފުރަތަމަ ހީފުޅުވިކަމަށެވެ. ނަމަވެސް ކަން ހިނގައިދިޔަ ގޮތް ހަޤީގަތަށް ބެލުމުން އެނގުނީ މިކަމުގައި ހިނގާފައިވަނީ މީހަކު ޢާންމު ތަނެއްގައިވެސް ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ މިވަހަތަކާއި ގުޅިގެން ގިނަ ބަޔަކު މިކަމާއި ދެކޮޅަށް އަޑުއުފުލައި މިނިސްޓަރ އިމްރާން މަޤާމުން އިސްތިއުފާ ދެއްވުމަށް ދަނީ ގޮވާލަމުންނެވެ. އަދި އިިދިކޮޅު ޕީޕީއެމް ޕީއެންސީން ދަނީ މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުންނެވެ. މިމައްސަލާގައި އިއްޔެ ވަނީ ބަޔަކު މާލޭގައި މުޒަހަރާވެސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.