ކޯވިޑް19 ވެކްސިން ނުޖަހާ މީހުން ސައުދީ އަރައބިއާގައި އާންމު ތަންތަނަށް ވަނުން މިހާރު މަނާ ކޮށްފައިވާކަމަށް، ސައުދީގެ ރަސްމީ ޕްރެސް އޭޖެންސީ އާދިއްތަ ދުވަހު ރިޕޯޓު ކޮށްފިއެވެ.
މިގޮތުން، ސައުދީ ސަރުކާރުގެ ހެލްތު މިނިސްޓްރީން ހުއްދަ ކޮށްފައިވާ ވެކްސިނެއްގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް މެނުވީ، އާންމުން އެއްވާ ތަންތަން ކަމުގައިވާ ޝޮޕިންގ މޯލްތަކާއި، އަދި އެކިއެކި އިވެންޓްތަކާއި، އަދި މީގެއިތުރުން ސަރުކާގެ އޮފީސްތަކާއި އަދި އަމިއްލަ އޮފީސްތަކަށްވެސް ވަނުން މިހާރު ސައުދީ ސަރުކާރުން ވަނީ މަނާކޮށްފައެވެ.
އަދި މީގެ އިތުރން ސައުދީ އަރަބިއާގެ ހުރިހާ ހިސާބެއްގައިވެސް އާންމު ދަތުރުފަތުރު ކުރުމުގައިވެސް، ވެކްސިން ފުރިހަމަކޮށްފައިވާ ކަމުގެ ލިޔުން ދަންކަންޖެހޭގޮތަށްވެސް ސަރުކާރުން މިހާރުވަނީ ހަމަޖައްސާފައެވެ.
ސައުދީ ސަރުކާރުގެ އިންޓީރިއަޔ މިނިސްޓްރީން ދަނީ އެ މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓަތަކުން، މިހާރު އާންމު ކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އާންމުން އަމަލުކުރުމަށް އިލްތިމާސް ކުރަމުންނެވެ.
ސައުދީ އަރަބިއާގެ ސިއްޙީ އިދާރާތަކުން ވަނީ މިމަހުގެ 1ވަނަ ދުވަހުގެ ނިޔަލަށް އެގައުމުގައި 27 މިލިއަން މީހުންނަން ވެކްސިން ދީފައެވެ.
ފާއިތުވެދިޔަ ހަފްތާގައި ސައުދީގެ އިންޓީރިއަރ މިނިސްޓްރީންވަނީ، އަންނަ އޮގަސްޓުމަހުގެ 9ވަނަ ދުވަހުން ފެށިގެން، ސައުދީގެ ރައްޔިތުންގެ އެގައުމުން ބޭރަށް ދަތުރު ކުރާނަމަ، ވެކްސިން ޖެހުން މަޖުބޫރުވާގޮތަށް ހަމަޖައްސާފައެވެ.
ސައުދީ އަރަބިއާގައި މިހާތަނަށް 512,142 ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވާއިރު، މިހާރު އެގައުމުގައި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 10,799 މީހުންނެވެ.
ކޮމެންޓު ފޮނުވާ