ގެއްލިގެން ހޯދަމުން އަންނަތާ 6 ދުވަސް ފަހުން ނައުފަލް ފެނިއްޖެ

ގެއްލިގެން ހޯދަމުން އަންނަތާ 6 ދުވަސް ފަހުން ނައުފަލް ފެނިއްޖެ

ގުޅުންހުރި

ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންގެންދިޔަ އަހްމަދު ނައުފަލް މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނައުފަލްގެ ފެނުނީ މިއަދު 4:45 ހާއިރު ކަމަށާއި ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އޭނާއަށް ވީގޮތުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

މި ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުން އިއްޔެ ވަނީ އޭނާގެ މަޢުލޫމާތު އާންމުކޮށް އާންމުންގެ އެހީއަށް އެދިފައެވެ.

އދ. ކުނބުރުދޫ، ފެހިގެ، އުމުރުން 26 އަހަރުގެ އަޙްމަދު ނައުފަލަކީ ކަންނެލި ދޯންނެއްގައި މަސައްކަތްކުރާ ޒުވާން މަސްވެރިއެކެވެ. އޭނާ ހުޅުމާލެއަށް ފައިބާފައި ވަނީ ޑޮކްޓަރަށް ދެއްކުމަށް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އަދި އޭނާގެ ޚަބަރެއް އެންމެ ފަހުން އާއިލާއަށް ވީއިރު އޭނާ އުޅެމުންއައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް އޭނާ ގެއްލިގެން ރިޕޯޓު ކުރިއިރު އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ