އެމްއެންޑީއެފްގެ ލެފްޓިނަންޓް ކާނަލްގެ މަޤާމުގައި ތިއްބެވި ތިން ބޭފުޅަކު ކާނަލްގެ މަޤާމަށް މިއަދު ޕްރޮމޯޓް ކުރައްވައިފިއެވެ.
އެމްއެއެންޑީއެފްއިން ވިދާޅުވީ މިއަދު ޕްރޮމޯޓްވި ތިން ބޭފުޅުންނަކީ ލެފްޓިނަންޓް ކާނަލްގެ މަޤާމުގައި ތިއްބެވި ލެފްޓިނަންޓް ކާނަލް އަޙްމަދު ނަޝީދު، ލެފްޓިނަންޓް ކާނަލް ޙަސަން ޝާހިދު، ލެފްޓިނަންޓް ކާނަލް އިސްމާޢީލް ނަޞީރު، މި ތިން ބޭކަލުން ކާނަލްގެ މަޤާމަށް ޕްރޮމޯޓް ކުރައްވައިފައިވާކަމަށެވެ.
އެމްއެންޑީއެފްގެ އެތެރޭގެ މަޤާމުތަކަށް ދޭތެރެ ދޭތެރެއިން ބަދަލު ގެނައުމާއި، މަޤާމުގެ ޕްރޮމޯޝަން ދެމުންދަނީ ވަކި ޚާއްސައުސޫލު ތަކުގެ ތެރެއިންނެވެ. އަދި ބައެއް ހާލަތްތަކުގައި ފުރިހަމަކުރާ ޓްރެނިންތަކާއި، ކޯސްތަކާއިއެކުވެސް ކުރިއެރުން ލިބެމުންދެއެވެ.
ކޮމެންޓު ފޮނުވާ