ޢީދު ކުޅިވަރުގެ ތެރެއިން ގއ. ދާންްދޫގައި ހިނހި މާރާމާރީއެއްގެ ސަބަބުން މިއަދު އެރަށުގައި މުޒާހަރާ ކޮށްފި އެވެ.
ޢީދު ކުޅިވަރުގެ ތެރެއިން އެރަށުގައި ބޭއްވި ކުލަޖެހުމުގެ ހަރަކާތެއްގައި އިއްޔެ މާރާމާރީއެއް ހިނގާފައި ވަނީ އަންހެނަކާއި ފިރިހެނެއްގެ ދެމެދު އެވެ. އަންހެން މީހާ ކުލަ ޖެހުމުން ފިރިހެން މީހާ ރުޅި އައިސް އަންހެން މީހާގެ އިސްތަށި ގަނޑުގައި ހިފައި ބުރަކަށީގައި ތެޅީ ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފަ އެވެ. އަދި އަންހެންމީހާވެސް ފިރިހެން މީހާގެ ގައިގައި ތަޅައި ދެމީހުންގެ މެދުގައި މާރާމާރީއެއް ހިނގީ ކަމަށް ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
އެ މާރާމާރީއަށް ފަހު ދެ މީހުނަށް ވެސް ރަށު ސިއްހީ މާރުކަޒުގައި ފަރުވާ ދޭން ޖެހުނުކަމަށް މަޢުލޫމާތު ލިބެއެވެ.
ފުލުހުން ބުނީ ދާންދޫގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ހަވީރު 5:00 ހާއިރު ހުށަހެޅުމުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. މި މާރާމާރީއާ ގުޅިގެން 23 އަހަރުގެ ދިވެހި ފިރިހެނަކު ހަތަރު ގަޑިއިރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
Dhaandhoo WDC Naib Raees muzaina ah iyye dhin Hama laa aadhekolha Muzaina ah insaaf hoadha dhinumah Dhaandhoo Zuvaanun Isnagaigen hingaalumeh baahvany.#HappeningNow #JusticeForMuzey @GaafuMv @Roxeyna @cnm_mv pic.twitter.com/xnFk7GJyAf
— ???? ℎ??ℎ?? ?? (@Umar_Hashim999) July 22, 2021
މިކަމާގުޅިގެން މިއަދު ހަވީރު އެރަށުގައި ވަނީ މުޒާހަރާއެއް ބާއްވާފަ އެވެ. އަންހެނުން އިސްވެ ބޭއްވި މި މުޒާހަރާގައި މައިގަނޑުގޮތެއްގައި ގޮވާލާފައި ވަނީ މާރާމާރީގައި އަނިޔާ ލިބުނު އަންހެންމީހާއަށް އިންސާފު ހޯދައި ދިނުމަށާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށެވެ. އަދި މާރާމާރީ ހިންގި ފިރިހެންމީހާ ހައްޔަރުކުރުމަށްވެސް ވަނީ އަޑުއުފުލާފަ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީގައި އަނިޔާވީ އެރަށުގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނައިބު ރައީސާ މުޒައިނާ މުހުތާރަށެވެ.
ކޮމެންޓު ފޮނުވާ