ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި "ނަފްރަތު" ބިލު ފާސްކުރުމަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަށް ތާއީދުކޮށް، އެމްޑީޕީގެ އެކި ދައިރާތަކުން އެމަނިކުފާނަށް ތާއީދުކޮށް، ސަރުކާރަށް ފާޑުކިޔައި ބަޔާން ނެރެން ފަށައިފިއެވެ.
ސަރުކާރާއި އިއްތިހާދުވެފައިވާ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގާ އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތަށް ބޮލާލާނުޖެހުމަށް އެމްޑީޕީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލުމަށް ތާއީދުކޮށް މިހާތަނަށް އެމްޑީޕީގެ 7 ދާއިރާއަކުން ވަނީ ބަޔާން ނެރެފައެވެ. މީގެ އިތުރުން އެމްޑީޕީގެ އެތެރޭގެ ގޮފިތަކުގެ ތެރެއިން އަންހެނުންގެ ރޫޙުންނާއި، ޒުވާނުންގެ ހިއްވަރުންވެސް ވަނީ ބަޔާން ނެރެފައެވެ.
ރައީސް ނަޝީދަށް ތާއީދުކޮށް، ބަޔާންތައް ނެރެމުންދާއިރު އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދަށް މިހާރު ތާއީދު ނެތްކަމަށް ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީގެ އެކި ދާއިރާތަކުން މިފަދަ ބަޔަނާނަތައްނެރެ ޕާޓީގެ ރަސްމީ ޓުވިޓާ އެކައުންޓުން ޓުވީޓުކޮށް ހެދުމަކީ ރައީސް ނަޝީދަށް އޮތް ތާއީދު ހާމަވާކަމެއްކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެކި ގޮފިތަކުން ރައީސް ނަޝީދަށް ތާއީދުކޮށް ނެރެމުންދާ ބަޔާންތަކުގައި ބުނެފައިވަނީ ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ ބައެއް ޕާޓީތަކުގެ ސީޔާސީ މަގުސަދުތައް ހާސިލުކުރަން ސަރުކާރުން އިސްކަންދިނުމުގެ ބަދަލުގައި މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަކީ މިގައުމުގެ މުސްތަގުބަލުގެ ޖީލުތަކަށްޓަކާ ކޮންމެހެންކުރާންޖެހިފައިވާ ކަމަކަށްވީހިނދު, އެމްޑީޕީއިން ވެފައިވާމިފަދަ އެންމެހާ ވައުދުތަކަށް ސަރުކާރުން އިސްކަންދޭންޖެހޭކަމަށް ރައީސް މުހަންމަދު ނަޝީދާއެކު އެދާއިރާތަކުން އިއްތިފާގުވާކަމަށެވެ.
ރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ހިފެހެއްޓުމަށާއި ޒުވާނުންގެ މުސްތަގުބަލު އުޖާލާކުރުމަށާއި, ރައްޔިތުންގެ އަސަސީ ހައްގުތައް ހިމާޔަތްކުރުމަށާއި އެމްޑީޕީއިން ރައްޔިތުންނަށް ވިއްކި އެންމެހާ ވައުދުތައް ފުއްދުމަށް ސަރުކާރުން އަވަސްވެގަތުމަށާއި، އަދި އެމްޑީޕީގެ މިފަދަ އެންމެހާ އަސާސްތަކަށް އިޙްތިރާމްކުރުމަށްވެސް މިހާތަނަށް ބަޔާން ނެރުނު ދާއިރާތަކުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އެމްޑީޕީގެ އެތެރޭގެ ގުނަން ތަކުންނާއި، ޕާޓީގެ ޤައުމީ މަޖިލިސް ތަމްސީލްކުރާ ދާއިރާތަކުން މިފަދަ ބަޔާންތައް ނެރެމުންދާއިރު، ސަރުކަރު ކޯލިޝަންގެ ދިފާއުގައި އަދި ރައީސް ޞާލިހުގެ ދިފާއުގައި އެމްޑީޕީގެ އެއްވެސް ދާއިރާއަކުންވެސް އެއްވެސް ގޮތްޕަކުންވެސް ބަޔާނެއް ނެރެފައިނުވެއެވެ.
ކޮމެންޓު ފޮނުވާ