އިމްރާން މަސައްކަތް ކުރަނީ ރޭޕް މައްސަލައިއަށް ނުފޫޒް ފޯރުވަންބާ؟: އަނީސާ

އިމްރާން މަސައްކަތް ކުރަނީ ރޭޕް މައްސަލައިއަށް ނުފޫޒް ފޯރުވަންބާ؟: އަނީސާ

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2020 11:12
0

ތަޚްޤީޤުކުރަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ކަންކަން ހިނގާފައިވާކަމަށް ހޯމް މިނިސްޓަރު ވިދާޅުވުމަކީ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ކުރެވުނު ކަމެއް ކަމުގައި ކުރީގެ ގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ކުރައްވާފައިވާ އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން އަނީސާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއީ މިމައްސަލައިގެ ކުޑަބޮޑުމިން ނިންމުމުގެ ބާރު މިނިސްޓަރަށް ލިބިގެން ނުވާކަމަށެވެ.

ތަޚްޤީޤީ މަރުހަލައިއޮތް ބޮޑު މައްސަލައެއްގައި ފުލުހުންގެ މަސްއޫލިއްޔަތާއި ހަވާލުވެ ހުންނެވި އިސްފަރާތުން މިމައްސަލާގައި ވަކިގޮތަކަށް ކަންކަން ދޭހަކޮށްދިނުމަށް މިނިސްޓަރ ވާހަކަ ދެއްކުމަކީ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވުން ނޫންކަމަށް ނުވާނެކަމަށް އަނީސާ ވިދާޅުވިއެވެ. އަދި މިއީ މަޤާމުގެ ހައްސިއްޔަތުން ކުރެވިގެންވަނެ ކަމެއް ނޫންކަމަށް އަނީސާ އަހުމަދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.