ފްލައިން ސްކޫލުގެ ދަރިވަރުންތަކެއް ކަނޑާލަން އުޅުނު މައްސަލާގައި ރޮޒޭނާ ރަތަށް

ފްލައިން ސްކޫލުގެ ދަރިވަރުންތަކެއް ކަނޑާލަން އުޅުނު މައްސަލާގައި ރޮޒޭނާ ރަތަށް

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2020 11:00
0

އައްޑޫސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލުގައި ހުރި މައްސަލަތައް ފާހަގަކޮށް ޕެޓިޝަންގައި ސޮއިކޮށްގެން 4 ދަރިވަރަކު ވަކިކުރަން ނިންމުމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް އެކަން ކުށްވެރިކޮށް ސްކޫލުގެ މައްސަލަ ބަލައިދޭން އެދިވަޑައިގެންފިއެވެ.

އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލް، އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް (އޭއޭއޭ) އިން4 ކުއްޖަކު ކަޑާލުމަށް ނިނުި ނިންމުމަކީ ކުރެވިގެންވާ ކަމެއް ނޫންކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި ޓްރާސްޕޯޓް މިނިސްޓްރީން މިމައްސަލާގައި ސްކޫލާއި ދޭތެރޭ މިހާރުން މިހާރަށް ފިޔަވަޅު އަޅައި ދިނުމަށްވެސް ރޮޒޭނާ ވަނީ ގޮވާލާފައެވެ.

ފްލައިން ސްކޫލާއި ދެކޮޅަށް ބައެއް ދަރިވަރުން ޕެޓިޝަނެއްހަފާ ސޮއިކޮށްފައިވަނީ، ބޮޑު އަގު ނަގައިގެން އެތަން ހިންގަމުން އަންނައިރު، ކުދިންގެ މެދުގައި ތަފާތުކުރުމާއި، ބިދޭސީންނަށް އިސްކަންދެމުން އަންނަކަމަށް ބުނެއެވެ. އެދަރިވަރުންގެ ޕެޓިޝަނުގައި ވަނީ އުދުހުމުގެ ތަމްރީނުތަކަށް ފުރުސަތު ނުލިބި، ބޮޑު ޚަރަދެއް ދަރިވަރުންގެ އަތުން ހިނގަމުން އަންނަކަމަށެވެ. އަދި ކޯސް ފުރިހަމަނުވެ މުއްދަތު ދިގުލަިއގެން ދިއުމުގެ ނުތަނަވަސްކަންވެސް ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.

އެދަރިވަރުންގެ ޕެޓިޝަނާއި ގުޅިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓަރީން ވަނީ ފްލައިން ސްކޫލާމެދު ފިޔަވަޅު އަޅަފައެވެ. އެގޮތުން މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތަމްރީން ފުރިހަމަނުވަނީސް އެތަނަށް އިތުރު ދަރިވަރުން ނުނެގުމަށް ވަނީ އަންގާފައެވެ. އެމިނިސްޓްރީން އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅުއަޅަން ނިންމެވީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހާއި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށްވާތީ، މިމުއްދަތުގައިވެސް މިކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައިނުވާތީ، ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާއިއެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް ކަމަށް އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.

އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސްގެ ނަމުގައި ހިންގާ ފްލައިން ސްކޫލަކީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވި، އޮޕަރޭޝަންސް ސިވިލް އެވިއޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ރެގިއުލޭޓް ކުރަމުންދާ ތަނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.