އިރާނުގެ ދެކުނުގެ ޕްރޮވިންސެއް ކަމުގައިވާ ފާރސް ޕްރޮވިންސަށް އާދީއްތަ ދުވަހު ވަރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އިރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓު ކޮށްފައިވާ ގޮތުގައު މި ބިންހެލުން އައިސްފައިވަނީ މެގްނިޓިއުޑުން 5.7ގެ ބާރު މިނުގައެވެ.
އިރާނުގެ ސަރުކާރު ހިއްސާވާ ނޫސް އޭޖެންސީއެއް ކަމުގައިވާ ފާސް ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.
މި ބިންހެލުމުގެ އަސަރު އަވައްޓެރި އިރާގަށްވެސް ކޮށްފައިވާއިރު، އިރާގުގެ ގައުމީ ޓީވީ އިނާއިން ބުނެފައިވަނީ އެންމެ ބޮޑަށް ބިންހެލުމުހެ އިހްސާސްތައް ކުރެވިފައިވަނި އިރާގުގެ ދެކުނުގެ ސިޓީއެއް ކަމުގައިވާ ބަސަރާއަށެވެ.