ނަހުލާގެ އޯޑަރަށް ކައުންސިލް މެމްބަރުންތަކަކަށް ބިރު ދެއްކި މައްސަލައެއް އެލްޖީއޭއަށް

ނަހުލާގެ އޯޑަރަށް ކައުންސިލް މެމްބަރުންތަކަކަށް ބިރު ދެއްކި މައްސަލައެއް އެލްޖީއޭއަށް

Author
މުޙައްމަދު ޝަޒައިމް
15 ޖުލައި 2021 03:17
0

މާލެ ސިޓީ ކައުންސިލަރުންތަކެއް ރަސްމީ ކަމެއްގައި ވިލިމާލެއަށް ދިއުމުން ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީގެ ފަރާތުން ބަޔަކު ފޮނުވައިގެން ކައުންސިލަރުންގެ މަސައްކަތަށް ހުރަސްއެޅައި ދިމާކުރި މައްސަލައެއް ބެލުމަށް އެލްޖީއޭއަށް ފޮނުވައިފިއެވެ.

ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ ޢަލީ ވިދާޅުވެގެން ކަމަށްބުނެ ކައުންސިލަރުންތަކަކަށް ވިލިމާލެއިން ބަޔަކު ބިރު ދައްކާފައިވާ މައްސަލައެއް މާލެ ސިޓީ ކައުންސިލަށް ހުށަހެޅުމުން އެމައްސަލަ ވަނީ ސިޓީ ކައުންސިލްގެ ޖަލްސާއަކަށް އެޖެންޑާކޮށް ބަލާފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ނިސްބަތްވާ ނަހުލާ އަލީއާއި ގުޅޭގޮތުން ހުށަހެޅުނު މިމައްސަލާގައި ކައުންސިލް ބައްދަލުވުމުގައި ވަނީ ބަޔަކު ހުށަހެޅި މިކަންބޮޑުވުމާއި ގުޅިގެން މިކަން ބަލައި އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެޅުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީގައި އެދުމަށް ކައުންސިލް ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އައުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

މިއީ މާލެ ސިޓީ ކައުންސިލު މެމްބަރެއްގެ މައްސަލައެއް ބެލުމަށް މިހާރު އޮތް ކައުންސިލުން ފޮނުވި ފުރަތަމަ ފަހަރެވެ. މާލެ ސިޓީ ކައުންސިލަކީ ނަހުލާ ނިސްބަތްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސާފު މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.