ވެކްސިން ފުރިހަމަކޮށްގެން 14 ދުވަސްވެފައިވާ މީހުންނަށް މޮނިޓަރިންގައި އޮންނަ ރަށްރަށަށްވެސް ކަރަންޓީނު ނުވެ ދަތުރުކުރެވޭނެގޮތަށް ހަމަޖައްސައިފި އެވެ
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ރަށްރަށުގެ ކައުންސިލްތަކަށް އިއްޔެ ފޮނުވާފައިވާ ސާކިއުލާގައި ވަނީ، ވެކްސިންގެ ދެ ޑޮޒު ފުރިހަމަކޮށް، 14 ދުވަސް ފުރިހަމަ ވެފައިވާނަމަ، ދަތުރު ކުރުމުން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް މިގޮތަށް މޮނިޓަރިންގައި އޮންނަ ރަށްރަށަށް ދަތުރުކުރެވޭނީ މޮނިޓަރިންގެ ހާލަތުގައި އޮންނައިރު، ދަތުރު ކުރުމަށް ކަނޑައަޅާފައިވާ ހާއްސަ ކަންކަމަށް އެކަނި ކަމަށް އެޗްޕީއޭއީން ވަނީ ބުނެފަ އެވެ. އަދި އެފަރާތްތަކަށް ދަތުރު ކުރެވޭނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޯވިޑްގެ ސަބަބުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ދެމުންގެންދާ ލުއިތަކުގެ ތެރެއިން އެންމެ ފަހުން ވަނީ ކަރަންޓީން ނުވެ ދަތުރު ކުރެވޭނެ އުސޫލުތައް އާންމުކޮށްފައެވެ. އެ އުސޫލުތަކުގައި ވާގޮތުން ކޯވީޑް ޖެހި ރަނގަޅުވާތާ 60 ދުވަސް ނުވާ މީހުންނާއި ވެކްސިން 2 ޑޯޒް ޖެހުމަށްފަހު 14 ދުވަސްވެފައިވާ ފަރާތްތަކަށް މޮނިޓަރިންގގައި ނެތް ރަށްރަށަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ އެވެ.
މީގެ އިތުރުން ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންނަށްވެސް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު ކަރަންޓީން ނުވެ ދަތުރުކުރެވޭނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ކުރިއަށް އޮތް ޢީދު ބަންދާ ދިމާކޮށް މި ދެވެނު ބޮޑު ލުއީގައި ގިނައަދަދެއްގެ ބަޔަކު އަތޮޅުތެރެއަށާއި ރާއްޖެއިން ބޭރަށް އަންނަނީ ދަތުރުކުރަމުންނެވެ.
ސަރުކާރުން ބުނެފައިވަނީ މީގެ ކުރީގެ ތަޖުރިބާއަށް ބަލައި މިފަހަރު ލުއިތަށް ދޭނީ ބަލައިގެން ލަސްލަހުން ކަމަށެވެ. ނަމަވެސް ފާހަގަވެގެންދަނީ ކުއްލިއަކަށް ބޮޑެތި ލުއިތަކެއްދެމުން ހެގެންދާ ތަނެވެ.