އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމެޓީއަށް ޖީހާން

އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމެޓީއަށް ޖީހާން

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2021 11:58
0

ސަތޭކަ ފަންސާހަށް ވުރެ ގިނަ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސް ހިމެނޭ، އިންޓާ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރު ކަމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ހޮވިވަޑައިގެންފިއެވެ.

މީ މިކޮމެޓީގެ މެމްބަރުކަމަށް ރާއްޖޭގެ މެމްބަރަކު ހޮވިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޤާނުނު ހަދާ މަޖިލިސްތައް ތަމްސީލު ކުރާ ދުނިޔޭގެ ޖަމުއިއްޔާ (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމެޓީއަކީ އެ ޖަމުއިއްޔާގެ ދާއިމީ ކޮމެޓީތަކުގެ ތެރެއިން މުޙިއްމު އެއް ކޮމެޓީއެވެ. އެ ކޮމެޓީއަކީ ޑިމޮކްރެސީއާއި ހިއުމަން ރައިޓްސް ކުރިއެރުވުމުގެ މަސައްކަތްކުރުމަށް އައިޕީޔޫގައި އެކުލަވާލާފައިވާ ކޮމެޓީއެވެ.

ގާނޫނު ހަދާ މަޖިލިސްތައް ތަމްސީލު ކުރާ ދުނިޔޭގެ ޖަމްއިއްޔާގެ އެ ކޮމިޓީއަށް ޖީހާން އިންތިހާބު ކުރަން ވޯޓު ދިން ހުރިހާ ގައުމަކަށް ރައްޔިތުންގެ މަހިލީހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޖިހާން އައިޕީޔޫގެ މަޤާމަށް ހޮވިވަޑައިގަތުމުން އެކަން ފާހަގަކުރައްވާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސްވަނީ މަރުހަބާ ފޮނުއްވާފައެވެ. ޝާހިދު ވިދާޅުވީ ރާއްޖޭގެ މަޖިލިސް މެމްބަރުން މިފަދަ މަޤާމުތަކުން ފެނިގެންދިއުމަކީ އުފާކުރައްވާކަމެއްކަމަށެވެ. އަދި ހާއްސަކޮށް މިފަދަ އިސްރޯލްތަކުން އަންހެން މެމްބަރުން ފެނިވަޑައިގަތުމުން އެކަމާއި ފަހްރުވެރިވެޑައިގަންނަވާކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.