ވަކިވާކަން އިއުލާން ކުރުމަށް ފަހު އަތާއަތް ގުޅުވައިގެން ކިރަން އާއި އާމިރްގެ ވީޑީއޯ މެސެޖެއް!

ވަކިވާކަން އިއުލާން ކުރުމަށް ފަހު އަތާއަތް ގުޅުވައިގެން ކިރަން އާއި އާމިރްގެ ވީޑީއޯ މެސެޖެއް!

15 އަހަރުވީ ކައިވެނި ރޫޅަލަން އުޅޭ ކަން ސުޕަރސްޓަރ އާމިރް ޚާނާއި އަންހެނުން ކިރަން ރާއޯ އިއުލާން ކުރުމާއިއެކު ގިނަބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ. މި ދެމީހުން ވަނީ ކައިވެންޏަށް 15 އަހަރު ފުރުންވެސް އެކުގައި ފާހަގަ ކޮށްފަ އެވެ. އެހެންކަމުން އަންނަނީ ވަނީ މި ވަރިއާ މެދުގައި ސުވާލު އުފައްދަމުންނެވެ. މިއީ އާމިރްގެ ދެވަނަ ކައިވެންޏެވެ.

ދެމީހުން ގުޅިގެން ނެރުނު ބަޔާނެއްގައި އާމިރާއި ކިރަން ބުނެފައިވަނީ އެމީހުން ވަކިވީ ނަމަވެސް އާއިލީ ކަންކަމުގައި އަދި މަސައްކަތުގައި ދެމީހުން އެކުގައި ފެނިގެން ދާނެކަމަށެވެ. މި ބަޔާނުގައި ވަކިވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މި ދެމީހުން ކައިވެނި ކޮށްފައިވަނީ 2005 ވަނަ އަހަރު އެވެ. އަދި މި ދެމީހުން ވަނީ ސަރޮގެސީ މެދުވެރިކޮށް ދަރިއަކުވެސް ހޯދާފައިއެވެ. އެއީ މިހާރު އުމުރުން 9 އަހަރުގެ އަޒާދް އެވެ.

ވަރިވާކަން އިއުލާން ކޮށް ބަޔާނެއް ނެރެމަށްފަހު، ކިރަންއާއި އާމިރް ވަނީ ފޭނުންނަށް ވީޑިއޯ މެސެޖެއް ދީފަ އެވެ. މި ވީޑީއޯ މެސެޖުގައި ދެމީހުން ވަނީ އަތާއި އަތް ގުޅުވައިގެން ތިބެ ފޭނުންނާއި މުހާތަބުކޮށް ވާހަކަ ދައްކާފަ އެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

އާމިރްގެ ދެމަފިރިން ވަރިވާކަން އިއުލާން ކުރުމާއެކު އޭނާގެ ކުރީގެ ފިލްމެއްގެ ކޯ އެކްޓަރަކާ ދެމީހުންގެ ގުޅުމުގެ ވާހަކަ ތަކެއް ވަނީ މުޅި ސޯޝަލް މީޑިއާ ފުރާލާފަ އެވެ. އެގޮތުން އަޑުފެތުރިފައި ވަނީ އާމިރްގެ ކާމިޔާބު ފިލްމު "ދަންގަލް"ގެ އެއް އަންހެން ތަރި ފާތިމާ ސަނާ ޝައިޚް އާއި އާމިރް ގުޅެން އުޅޭފަދަ ވާހަކަ ތަކެކެވެ.

1986 ވަނަ އަހަރު އާމިރް ފުރަތަ ކައިވެނި ކުރީ ރީނާ ދައްތާއާ އެވެ. އަދި އެކައިވެންޏަށްވެސް 15 އަހަރުގައި 2002 ވަނަ އަހަރު ނިމުކަށް އައިއިރު ވަނީ 2 ކުދިން ލިބިފައިއެވެ.

އާމިރްގެ ކުރިއަށް އޮތް ފިލްމަކީ "ލާލް ސިންގް ޗައްޑާ" އެވެ. މި ފިލްމުގައި އާމިރާ އެކުގައި ފެނިގެން ދާނީ ކަރީނާ ކަޕޫރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *