ރ.އަލިފުށީގައި އަންހެނަކު ރޭޕްކުރި މައްސަލާގައި ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، އަންހެނަކު ރޭޕްކުރި މައްސަލާގައި ދައުވާކޮށްފައިވަނީ، އެރަށު ރޯޝަނީއާގެ، ނާއިލް އަބްދުﷲ ގެ މައްޗަށްކަމަށެވެ. އޭނާ އެ އަންހެން މީހާ ރޭޕްކޮށްފައިވަނީ، އަންހެން މީހާ ނިދާފައި އޮއްވާ އެގެއަށް ވަދެއެވެ.
އެ މައްސަލާގައި ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައެޅި ކޯޓުތަކާއި ބެހޭ ޤާނޫނުގެ ދަށުން އެ މައްސަލަ މެޖިސްޓްރޭޓް ކޮޓަށް ނުބެލޭނެތީކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޖިންސި ކުށުގެ ޤާނޫނު ބުނާގޮތުން ރޭޕްގެ ކުށުގެ އަދަބަކީ 15 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ރޭޕްކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެންނަމަ އަދަބަކީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ޙުކުމެކެވެ.
ކޮމެންޓު ފޮނުވާ