ޗައިނާގެ ޖައްވީ ސްޓޭޝަނަށް ފުރަތަމަ ފަހަރަށް އެގައުމުގެ އެސްޓްރޮނޯޓުން ދަތުރު ކޮށްފި

ޗައިނާގެ ޖައްވީ ސްޓޭޝަނަށް ފުރަތަމަ ފަހަރަށް އެގައުމުގެ އެސްޓްރޮނޯޓުން ދަތުރު ކޮށްފި

Author
ހުސެއިން
17 ޖޫން 2021 05:44
0

ޗައިނާއިން ޖައްވުގައި ހަދަމުންދާ ސްޕޭސް ސްޓޭޝަން ފުރަތަމަ ފަހަރަށް އެގައުމުގެ އެސްޓްރޮނޯޓުން ދަތުރު ކޮށްފިއެވެ.

ޝެންޒްހައި-12 މޮޑިއުލްގައި އެގައުމުގެ އަމިއްލަ ޖައްވީ ސްޓޭޝަނަށް ދަތުރުކުރިން 3 އެސްޓްރޮނޯޓުން ކަމުގައިވާ ނީ ހައިޝެންގއާއި ލިއު ބޮމިންގއާއި، ޓޭންގ ހޮންގބޯ، ދުނިޔެއާއި 380 ކިލޯމީޑަރު ދުރުމިނުގައި ދައުރު ކުރަމުންދާ މި ޖައްވީ ސްޓޭޝަންގައި 3 މަސްދުވަސް ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިއީ ޗައިނާގެ އެސްޓްރޮނޯޓުން ޖައްވުގައި ހޭދަކުރާ އެންމެ ދިގު މުއްދަތެވެ. އަދި ފައިތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެގައުމުގެ އެސްޓްރޮނޯޓުން ޖައްވަށް ދަތުރުކުރާ ފުރަތަމަ ފަހަރުވެސްމެއެވެ.

މިމިޝަންގެ ކުރޫންނަށް ކާމިޔާބުކަމާއެކު، ސްޕޭސް ސްޓޭޝަނާ ހަމައަށް ފޯރާފައިވަނީ، ޖައްވީ މޮޑިއުލްގައި އުދުއްސާލިތާ 7 ގަޑިއިރު ފަހުންނެވެ. އަދި ކުރޫން ޖައްވީ ސްޓޭޝަނަށް ވަނުމާއެކު، ޗައިނާގައި މިޝަން ކޮންޓްރޯގައި ތިބި އެންމެވެސްވަނީ އަތްޖަހާ އުފާ ފާޅު ކޮށްފައެވެ.

ޝެންޒްހައި-12 ހަރުކޮސްފައިހުރި މާރޗް 2F ރޮކެޓް، ޗައިނާގެ ގޯބި ހަނަފަސް ސަރަހައްދުގައި ހުންނަ ޖިއުކުއާން ސެޓްލައިޓް ލޯންޗް ސެންޓަރުން ނައްޓާލާފައިވަނީ، މި ބުރާފަތި ދުވަހުގެ، ބޭޖިންގެ ގަޑިން ހެނދުނު 09:22 ގައެވެ.

މި މިޝަން ބެލެވިފައިވަނީ، ޖައްވީ ދިރާސާތަކާއި އަދި، ޖައްވުގަައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ މިންވަރު ވަރަށް ފުރިހަމަޔަށް ރަމްޒު ކޮށްދޭ މިޝަންއެއްގެ ގޮތުގައެވެ.

ފާއިތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި، ޗައިނާއިންވަނީ، ހިލަޔާއި އަދި ވެލީގެ ސާމްޕަލްތައް ހަދުން ބިމަށް ގެނެސްފައެވެ. އަދި ވަނީ، އުދަގޫ ދަތުރެއްކަމުގައި ބެލެވުނު، އެގައުމުން 6 ފުރޮޅުލީ ރޮބޮޓު މާރސް ޕްލެނެޓަށް ފޮނުވާ، މާރސްގެ ބިމަށް ތިރިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.