ކްރޮއޭޝިއާ އަތުން އިންގްލެންޑަށް އުނދަގޫ މޮޅެއް

ކްރޮއޭޝިއާ އަތުން އިންގްލެންޑަށް އުނދަގޫ މޮޅެއް

Author
ޔޫސުފް
13 ޖޫން 2021 08:40
0

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާގައި މިރޭ އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ހަނި ގޮތަކުން އިންގްލެންޑް ކާމިޔާބުކޮށްފިއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން އިންގްލެންޑުން ވަނީ ކްރޮއޭޝިއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 5 ވަނަ މިނެޓުގައި ފިލް ފޮޑެން ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އަދި އޭގެ ފަހުން ކަލްވިން ފިލިޕްސް ފޮނުވާލި ހަމަލާއެއް ކްރޮއޭޝިއާގެ ކީޕަރ ވަނީ ދިފާޢުކޮށްފައެވެ. މެޗުގެ ފުރަތަމަ ކޮޅު އިންގްލެންޑުން ރަނގަޅަށް ކުޅެމުން ދިޔަނަމަވެސް ވަކި ހިސާބަކުން ކްރޮއޭޝިއާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާ ގޯލެއް ޖަހަން މަސައްކަތްކޮށްފައެވެ. ނަަމަވެސް ފުރަތަމަ ހާފް ނިމުނުއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން 57 ވަނަ މިނެޓުގައި ލަނޑު ޖަހާ ސްޓާލިން ވަނީ އިންގްލެންޑަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ފަހުންވެސް ލީޑު ފުޅާކުރަން ސްޓާލިއަން ވަނީ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލީ ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އަދި 2 މެޗު ކުޅޭނެއެވެ. އެގޮތުން 21:00 ގައި އޮސްޓްރިއާ އާއި ދެކޮޅަށް ނޯތް މަސަޑޯނިއާ ނުކުންނާނެއެވެ. އަދި މިރޭ 12:00 ގައި ނެދަލެންޑްސް އާއި ޔޫކްރެއިން ބައްދަލުކުރާ މެޗު އޮންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.