ސިޓީ ކައުންސިލްގެ ހިދުމަތްތައް ދިނުމަށް ހުޅުމާލޭގައި ޔުނިޓެއް ގާއިމު ކުރަނީ

ސިޓީ ކައުންސިލްގެ ހިދުމަތްތައް ދިނުމަށް ހުޅުމާލޭގައި ޔުނިޓެއް ގާއިމު ކުރަނީ

Author
ޢަލީ އާދަމް
03 ޖޫން 2021 05:19
0

މާލެ ސިޓީ ކައުންސިލްގެ ޙިދުމަތްތަށް ދިނުމަށާއި އިދާރީ އޮފީސް ހިންގުމަށް ޔުނިޓެއް ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެޗްޑީސީން ބުނީ، މި އެއްބަސްވުމުގެ ދަށުން އެޑްމިނިސްޓްރޭޓިވް އޮފީސް ސްޕޭސްގެ ގޮތުގައި ހުޅުމާލެ އަމީން އެވެނިއު މޭޕަލް ޓަވަރުގެ ޔުނިޓް (އޭ.އެމް-1-05) ސިޓީ ކައުންސިލްގެ ޙިދުމަތްތަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައި ވާކަމަށެވެ.

އަލަށް އިންތިހާބުކޮށްފައިވާ ކައުންސިލާއި ކައުންސިލްތަކުގެ ޤާނޫނަށް ގެނެވިފައިވާ އިސްލާހުތަކުގެ ތެރެއިން މިފަދަ ޔުނިޓެއް ގާއިމް ވުމުން ދެފަރާތުން ގުޅިގެން ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުމަށް ގިނަ ފަސޭހަތަކެއް ކައުންސިލާއި އެޗްޑީސީގެ އިތުރުން ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

މީީގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކުރިމަގުގައި ވެސް އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލް އާއި އެކު ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެކޯޕަރޭޝަނުން ކުރާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ

ސިޓީ ކައުންސިލްގެ ހުޅުމާލޭ ޔުނިޓް ގާއިމްކުރުމާގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވީ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މާލެ ސިޓީގެ މެޔަރ ޑރ. މުޙައްމަދު މުއިއްޒާއި އެޗްޑީސީގެ މެނޭޖިންގެ ޑިރެކްޓަރ ސުހައިލް އަޙްމަދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.