ކޯވިޑްގައި އިތުރު 2 މީހަކު ނިޔާވެއްޖެ

ކޯވިޑްގައި އިތުރު 2 މީހަކު ނިޔާވެއްޖެ

Author
ޢަލީ އާދަމް
01 ޖޫން 2021 04:10
0

ކޯވިޑް-19އަށް ފަރުވާދެމުން އައި އިތުރު 2 މީހަކު ނިޔާވެއްޖެ އެވެ.

މިއަދަދާއި އެކު މިއަދު ކޯވިޑް ބަލީގައި ރާއްޖޭގައި ނިޔާވީ މީހުންގެ އަދަދު ވަނީ 6 އަރާފައެވެ. މިބަލީގައި އެންމެ ފަހުން ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީގެ އިތުރުން މިއަދު މި ބަލީގައި ނިޔާވި ފަސްފަނަ މީހާ އަކީ އައިޖީއެމްއެޗް އެމަޖެންސީއަށް މިއަދު ގެންދިޔައިރުވެސް ނިޔާވެފައިވާ 88 އަހަރުގެ އަންހެނެއް ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ. އެމީހާގެ ކޯވިޑް ޓެސްޓް ޕޮޒިޓިވްވެފައި ވާތީ އެއީ ވެސް ކޯވިޑް މަރެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން މިއަދު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި 3 މީހަކާއި ބ.އޭދަފުށި ކޮވީޑް ފެސިލިޓީގައި ފަރުވާދެމުން އައި މީހެކެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައިވަނީ 70 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ ފިރިހެނެއްގެ އިތުރުން 59 އަހަރުގެ އަންހެނެކެވެ. ބ.އޭދަފުށިން ނިޔާވީ ހުޅުއްދުއްފާރު މީހެކެވެ. އެއީ ޢުމުރުން 87 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ ރޭ ފަތިހުއެވެ.

މިއާއެކު ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު ވަނީ 167އަށްއަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 151 ދިވެހިންނާއި 16 ބިދޭސީންނެވެ.

ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ވަރަށް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ރޭވަނީ ބުނެފައެވެ. ނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.