އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި ހަދުމަށް އެޤައުމުގެ ސަރުކާރުން ނިންމި ނިންމުމާއި މިހާތަނަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެއްވެސް އެއްޗެއް ވިދާޅުނުވެ ހަމަހިމޭން ވެއްޖެއެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫގެ ހުރިހާ މެމްބަރުންނާއި، އެސިޓީގެ މޭޔަރު އަލީ ނިޒާރުވެސް ވަނީ ވިދާޅުވެފައެވެ. މިކަމަކީ ކުރެވޭނެ ކަމެއްތޯވެސް އަދި މިކަމުގައި އޮތް ސިޔާސަތަކީވެސް ކޮބައިކަމެއް ދިވެހި ސަރުކާރުން ހާމަކޮށްފައިނުވެއެވެ. މިފަދަ ޚާރިޖީ ކަންކަމުގައި އަބަދުވެސް އިސްވެ ފޮރިން މިނިސްޓްރީން ކަންކަން ހާމަކުރަމުން ދިޔަ ނަމަވެސް މިކަމުގައި މިހާތަނަށް ފޮރިން މިނިސްޓްރީންވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. އަދި މިނިސްޓަރ ޝާހިދުވެސް ހުންނެވީ މިމައްސަލާގައި އެއްޗެއް ވިދާޅުނުވެއެވެ.
މިމައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުން އޮތްއިރު، މިކަމުގައި ސަރުކާރުގެ ސިޔާސަތު ހާމަކުރަންޖެހޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެއްވެސް ޤައުމަކުން ރާއްޖޭގެ މައްޗަށް ބަސްކިޔައި، ރާއްޖޭގެ ސިޔާސަތުތަކަށް ބަސްކިޔޭނަމަ އެއީ ޤައުމީ ސަލާމަތަށާއި، މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ކޮންސިއުލޭޓް ޤާއިމްކޮށްގެން ތަރައްޤީވި ޤައުމު ނުވަތަ ޝަހަރަކީ ކޮބައިތޯ؟
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމަށް އިންޑިއާގެ މައި ސަރުކާރުގެ ކެބިނެޓުން ފާސްކުރި އިރު ދިވެހި ސަރުކާރުން އަދި އޮތީ ގޮތެއް ނުނިންމަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި މަހުގެ 26 ގައި ބޭއްވެވި ނޫސް ކޮންފަރެންސްގައި ވިދާޅުވި ގޮތުގައި އެކަމާ ސަރުކާރުން އަދި އެއްވެސް ނިންމުމެއް ނިންމައިފައެއް ނެތެވެ.
ރައީސް ވިދާޅުވީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނަ އިރު، އެ ގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޭޓެއް ހުންނަ ކަމަށާއި، އެހެންކަމުން އިންޑިއާގެ ނިންމުމާ ދޭތެރޭވެސް ވިސްނަންޖެހޭކަމަށެވެ.
އައްޑޫގައި މިވަގުތު ކޮންސިއުލޭޓެއް ޤާއިމްކުރުމުން އަތޮޅުގެ ތަރައްގީއަށް ބުރޫއަރާފާނެ: އުގައިލް
މިކަމާއި ގުޅިގެން އިދިކޮޅޮ ކޯލިޝަނުން ބުނެފައިވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ޤާއިމްކުރުމަށް ބޭނުންވާ ސަބަބުތައް ތަފްސީލުކޮށް ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭކަމަށެވެ.
ކޮމެންޓު ފޮނުވާ