އައްޑޫސިޓީގައި މިވަގުތު ކޮންސިއުލޭޓެއް ގާއިމު ކުރުމުގައި އަތޮޅުގެ ވެރިންނާއި، ސަރުކާރު މަޝްއޫލުވުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫއަރާ ގޮތްވުން ވެސް އެކަށީގެންވާކަމަށް ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ.
އުގައިލް އަކީ އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ޕްރޮފެސަރ އުގައިލް މިހެން ވިދާޅުވެފައި މިވަނީ، އައްޑޫގައި އެއްވެސް ގައުމަކުން އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުޅުވަން ހުށަހަަޅައިފިނަމަ އެކަމަށް މަރުހަބާ ކިޔައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނިކޮށެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމަށް އެ ގައުމުގެ ކެބިނެޓުން ނިންމާ އެކަން ރަސްމީކޮށް ވަނީ އިއުލާންކޮށްފައެވެ.
އެކަމަށް އިޝާރާތްކުރައްވާ ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވީ، އައްޑޫގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާއި ކިހާ ގާތްގުޅުމެއް އޮތްކަމެއް ތޯ އެނގެން ޖެހޭކަމަށެވެ. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ގަބޫލު ކުރެވޭވަރަށް ވިޔަފާރީގެ ކުރިއެރުން އަމަލީ ގޮތުން މިހާރު ފެންނަން ޖެހޭކަމަށް އުގައިލް ވިދާޅުވިއެވެ. އެހެންނޫންނަމަ، ކަންތައްތައް ކުރުމުގައި އިސްފަސް ވުމުގެ ޖާގަ އެބަ އޮތްކަމަށާއި، މިވަގުތު ކޮންސިއުލޭޓެއް ގާއިމު ކުރުމުގައި އަތޮޅުގެ ވެރިންނާއި ސަރުކާރު މަޝްއޫލުވުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫއަރާ ގޮތްވުން ވެސް އެކަށީގެންވާކަމަށްވެސް އުގައިލް ވިދާޅުވިއެވެ.
އެހެންނޫންނަމަ، ކަންތައްތައް ކުރުމުގައި އިސްފަސް ވުމުގެ ޖާގަ އެބަ އޮތް. އަދި މިވަގުތު ކޮންސިއުލޭޓެއް ގާއިމު ކުރުމުގައި އަތޮޅުގެ ވެރިންނާއި ސަރުކާރު މަޝްއޫލުވުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫއަރާ ގޮތްވުން ވެސް އެކަށީގެންވޭ.
— Professor Ugail (@ugail) May 27, 2021
އުގައިލް މިހެން ވިދާޅުވެފައިވާއިރު، އައްޑޫ ސިޓީގެ އައު މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ، ނިޒާރު ވިދާޅުވީ އިންޑިއާގައި އައްޑޫގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުން ވީހާވެސް އަވަސް ކުރަންޖެހޭ ކަމަށާއި އެއީ އައްޑޫގެ ތަރައްގީއާ ގުޅިފައިވާ ވަރަށް މުހިއްމުކަމަށެވެ.
އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާއިރު، ރައީސް ވިދާޅުވެފައިވަނީ އައްޑޫގައި އިންޑިއާގެ ކުންސިއުލޭޓެއް ޤާއިމްކުރުމާމެދު އަދި ދިވެހި ސަރުކާރުން ގޮތެއް ނިންމާފައި ނުވާކަމަށެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ކެބިނެޓުން ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަކީ އެގައުމުގެ ނިންމުމެއް ކަމަށާއި، ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެކަމަށެވެ.
ރައީސް ވިދާޅުވީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނަ އިރު، އެ ގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޭޓެއް ހުންނަ ކަމަށާއި، އެހެންކަމުން އިންޑިއާގެ ނިންމުމާ ދޭތެރޭވެސް ވިސްނަންޖެހޭކަމަށެވެ.
ކޮމެންޓު ފޮނުވާ