ޓްވިންކަލް ކަންނާގެ އަންހެން ދަރިފުޅު ނިތާރާ ވަނީ އޭނާއަށް "މޭކް އޯވާރ" އެއް ދީފައެވެ. ސެލްފީއެއް އިންސްޓަގްރާމުގައި ހިއްސާކުރަމުން ޓްވިންކަލް ބުނެފައިވަނީ ނިތާރާއަށް މޭކްއަޕްގެ ދާއިރާއިން އެއްވެސް މުސްތަގްބަލެއް ނެތް ކަމަށެވެ.
މިދިޔަ އަހަރުވެސް ނިތާރާ ވަނީ ޓްވިންކަލްއަށް މޭކްއޯވަރއެއް ދީފައެވެ. ވަރަށް ފަހުން ހިއްސާ ކުރި ޕޯސްޓެއްގައި ޓްވިންކަލް ވަނީ އޭނާގެ ދަރިން ނިއު ނޯމަލް އަށް ފަރިތަ ވަމުން އަންނަ ވާހަކަ ދައްކާފައެވެ.
އެގޮތުން މިހާރު ބޭރަށް ދާއިރު އަބަދު ވެސް މާސްކް އަޅާކަމަށާއި އަދި އައިސޮލޭޓް ވާން ޖެހުމުން އެހާ ގިނަ ސުވާލު ނުކުރާ ކަމަށް ވެސް ޓްވިންކަލް ވަނީ ބުނެފައެވެ.
މީގެކުރިން އެކްޓިންގގެ ދާއިރާއިން ފެނުނު ޓްވިންކަލް އަކީ އަކްޝޭ ކުމާރްގެ އަންހެނުންނެވެ. އަދި ޓްވިންކަލް އެކްޓްކުރުން ދޫކޮށްލީ އަކްޝޭއާއި ކައިވެނި ކުރުމަށްފަހުއެވެ.
މި ދެމީހުން ނިތާރާގެ އިތުރުން އާރަވް ނަމަކަށް ކިޔާ ފިހެން ކުއްޖެއްވެސް ހުރެއެވެ. ވަރަށް ފަހުން މި ދެމަފިރިން ވަނީ ކޮވިޑް ރިލީފަށް އޮކްސިޖަން ކޮންސެންޓްރޭޓާސް ހަދިޔާ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ