ކޯވިޑް ބަލީގައި އިތުރު 2 މަރު: އަދަދު 157 އަށް

ކޯވިޑް ބަލީގައި އިތުރު 2 މަރު: އަދަދު 157 އަށް

Author
ޢަލީ އާދަމް
29 މެއި 2021 10:16
0

ކޯވީޑް ބައްޔަށް ރާއްޖޭގައި ފަރުވާހޯދަމުން ދިޔަ އިތުރު ދެމީހުން ނިޔާވެ، މިބަލީގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު 157 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް ބަލީގައި ރޭ 11:38 ހާއިރު 84 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައި ވާކަމަށެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް ނިޔާވި މި މީހާ އަކީ މި ބަލީގައި ރާއްޖޭގައި ނިޔާވި 156 ވަނަ މީހާއެވެ.

މީގެ އިތުރުން ކޯވިޑް 19 އަށް ފަރުވާދެމުންދިޔަ 86 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ހެނދުނު ވަނީ ނިޔާވެފައެވެ. މި މީހާއާ ބެހޭ މަޢުލޫމާތު އެޗްޕީއޭއިން މިހާތަނަށް އާންމުކޮށްފައި ނުވިނަމަވެސް އެއީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި މީހެއް ކަން ޚަބަރު އޮންލައިނަށް ވަނީ އެނގިފައެވެ.

ކޯވިޑް ޖެހިގެން ނިޔާވި މި 2 މީހުންނާއެކު މިބަލީގައި މިމަހު ނިޔާވި މީހުންގެ އަދަދު ވަނީ 85 އަށް އަރާފައެވެ. އަދި މިމަހުގެ މިހާތަނަށް 30،000 އަށްވުރެ ގިނަ މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޯވިޑްގެ ބަލިމަޑުކަމުގައި ރާއްޖެއިން މިއަހަރުގެ މިހާތަނަށް 120 މީހަކު މިވަނީ ދުނިޔެ ދޫކޮށްފައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މިހާލަތުގައި ޞިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ގެންދަނީ އިރުޝާދު ދެއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.