ސަލްޓަން ޕާކުގެ ގަހެއް ވެއްޓި ލިލީމަގު ބަންދުވެއްޖެ

ސަލްޓަން ޕާކުގެ ގަހެއް ވެއްޓި ލިލީމަގު ބަންދުވެއްޖެ

Author
މުޙައްމަދު ޖިމީ
28 މެއި 2021 12:56
0

މާލެއަށް އެރި ގަދަ ވަޔާއެކު، ސަލްޓަން ޕާކްގައި ހުރި ބޮޑު ގަހެއް ވެއްޓި އެ މަގު ބަންދުވެއްޖެއެވެ.

މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ،ވައިގަދަވެ ސަލްޓަންޕާކްގެ ގަހެއް ވެއްޓި ލިލީމަގު އެއްކޮށް ބަންދުވެފައިވާތީ، ވެއްޓުނު ގަސް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ލިލީ މަގަށް ވެއްޓިފައިވަނީ ސަލްޓަންޕާކުގެ އެމަގަށްވާ ދޮރާއްޓާއި ދިމާލަށްހުރި ބޮޑު ގަހެކެވެ. ބޮޑު ގަހެއްވެއްޓި މަގު ބަންދުވެފައިވާއިރު، އެ މަގަކީ ދެކޮޅަށް ދުއްވާ މަގެކެވެ. މަގު ހުރަސްކޮށް ވެއްޓިފައިވާ ގަހުގެ ގޮފިތައް ސީއެޗްއެސްސީގެ ފުރާޅަށްވެސް ކޮންމެސްވަރަަށް ގޮފިތައް ވެއްޓިފައިވެއެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރ ދުވަސްވަރެކެވެ. އަދި ވިލާގަނޑުގައި ވައި ބާރުވަމުންދެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ، ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެެންވާކަމަށް މެޓް އޮފީހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.