އެމްއެންޑީއެފް ގެ އޮފިސަރުން، އެބޭފުޅުންގެ އޮފް ގަޑީގައި ލަވަކިޔުމަކީ ރަނގަޅުކަމެއްކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ޗީފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، އެމްއެންޑީއެފްގެ ބައެއް އޮފިޝަލުން ލަވަ ވިދާޅުވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށެވެ. އެ ވީޑިއޯއިން ފެންނަގޮތުގައ ސިފައިންގެ އޮފިޝަލުން ކަރޯކޭ ޖައްސަމުން ލަވަ ވިދާޅުވަމުން ގެންދަވައެވެ.
#SaveAddu #SaveAddufromIndia ?? https://t.co/dovBdmhm35 pic.twitter.com/MmVzVpHhfb
— Zahid Rameez (@xahidcreator) May 27, 2021
އެކަމަށް އިޝާރާތްކުރައްވާ، ރައީސް ނަޝިދު ގެންގުޅުއްވާ އެލެކްސް އަޙްމަދުގެ ޓްވީޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، އެމްއެންޑީއެފްގެ އޮފިޝަލުން އެބޭފުޅުންގެ އޮފް ޑިއުޓީގައި ލަވަ ކިޔުމަކީ މައްސަލައެއް ނޫންކަމަށާއި، އެއީ ރަނގަޅުކަމެއްކަމަށެވެ.
MNDF officers eybeyfulhunge off gadeegai lava kiumakee alhugadah mahsala eh noon. Aslu ragalhu kameh.
— Alex Ahmed (@anedhivehirajje) May 28, 2021
އެވީޑިއޯއާއި ގުޅިގެން ސިފައިންގެ އެ އޮފިޝަލުންނަށް ބައެއް ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެފައިވާއިރު، އަނެއްބަޔަކު ބުނެފައިވަނީ އެއީ މައްސަލައެއް ނޫންކަމަށެވެ.
ސިފައިންގެ އޮފިޝަލުން ލަވަވިދާޅުވާ ވީޑިއޯއާއެކު ރައީސް ނަޝިދުގެ ކޮއްކޯފުޅުވެސް ވަނީ ހަމަ އެފަދައިން ލަވަ ވިދާޅުވާ ވީޑިއޯއެއް ޢާންމުކޮށްފައެވެ. އަދި ވިދާޅުވީ ޝަމާލްއާއި އެއްވަރަށް ލަވަ ވިދާޅުވެވޭނެކަމަށެވެ.
Shamaal aa evvarah na ves kiyaanan https://t.co/AtItaugJzg pic.twitter.com/GTQPfOaLWo
— Nazim Sattar (@nazimsat) May 28, 2021
ސިފައިންގެ އޮފިޝަލުން ލަވަކިޔުން ރަނގަޅުކަމަށް ވިދާޅުވެ ރައީސް ނަޝީދ ޓްވީޓްކުރައްވާފައިވާއިރު، އެމަނިކުފާނު މިވަގުތު ހުންނެވީ، އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތުގައެވެ. އެޤައުމުގެ އަސްކަރީ ހޮސްޕިޓަލަކުން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު ވަނީ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ