ހިޔާ ފްލެޓްތަކުގެ މަހުކުލި 6000ރ އަށް ވުރެ ބޮޑު ނުވާނެކަމުގެ އުއްމީދު ބޮޑު: މޭޔަރު

ހިޔާ ފްލެޓްތަކުގެ މަހުކުލި 6000ރ އަށް ވުރެ ބޮޑު ނުވާނެކަމުގެ އުއްމީދު ބޮޑު: މޭޔަރު

Author
މުޙައްމަދު ޖިމީ
27 މެއި 2021 10:13
0

ހިޔާ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ކުލި މަހަކު 6،000 ރުފިޔާއަށް ވުރެ ބޮޑު ނުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެންނެވިކަމަށް، މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މިއަދު ބައްދަލުކުރައްވާ ކުރެވުނު މަޝްވަރާތަކުގެ ތަފްސީލް ހިއްސާކުރައްވަމުން މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުނު ދުވަހު ނަތީޖާ ޔަޤީންވި ހިސާބުންވެސް ރައީސް ޞާލިޙް ގުޅުއްވާ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް އެއްބާރުލުން ދެއްވާނެކމަށް ވިދާޅުވިކަމަށެވެ. އަދި ހުވާކުރުމަށްފަހު އެކި މިނިސްޓަރުންނާއި ކުންފުނިތަކުގެ އެމްޑީންނާއި ބައްދަލުކުރެވިފައިވާކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ ހުރިހާ ވުޒާރާތަކާއި ކުންފުނިތަކުންވެސް އެއްބާރުލުން ލިބޭނެކަމަށް ވިދާޅުވުމުން، މާލެ ސިޓީކައުންސިލް އޮތީ ރައްޔިތުން ބޭނުންވާ ޚިދުމަތް ފޯރުކޯށްދެއްވުމުގެ ފުރިހަމަ އުއްމީދުގައިކަމަށެވެ.

އެކަން ރައީސްއާއި ހިއްސާކުރެއްވިކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވީ، ހިޔާ ފަލެޓްތަކުގެ މަހު ކުލި 8500އަށް އޮތުމަކީ ރައްޔިތުންނަށް ބުރައަކަށް ވަނެކަން ރައީސްއަށް ދެންނެވިކަމަށާއި، އެ އަގު ކުޑަކޮށްދެއްވުމަށް އެދިވަޑައިގެންފައިވާނެކަމަށެވެ. ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައްވެސް ފްލެޓް ލިބުނު މީހުން ކުރަންޖެހޭއިރު ރައްޔިތުންނަށް ތަހައްމަލްކުރަން ޖެހޭނެ ދަތިކަމަކަށްވާނެކަމަށާއި، ފިނިޝިންގެ މަސައްކަތުގެ އަގު 2 ލައްކަ ރުފިޔާ ހޭދަކުރަން ޖެހޭކަމަށް އަންދާޒާކުރެވޭކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ފްލެޓްގެ ފިނިޝިން ކޮސްޓް އުނިކުރެވޭގޮތަށް އޮތުމަކީ ރައްޔިތުންނަށް ލުއިވާނެގޮތަކަށާއި، ފްލެޓްތަކުގެ ކުލި ކުޑަކޮށް ދެއްވުމަށް އެދުމުން ރައީސް އުއްމީދީ ޖަވާބެއް ދެއްވކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި އަގު ކުޑަކުރުމަށް ރައީސް އޮފިހާއި އެޗްޑީސީން މަޝްވަރާކޮށް އަގު ކުޑަކުރެވޭނެގޮތަށް ސިޓީ ކައުންސިލް ހިމެނޭގޮތަށް މީޓިންތަކެއް ބާއްވާނެކަމަށް ރައީސް ވިދާޅުވިކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. އަދި ފްލެޓްގެ އަގު 6000 ރުފިޔާއށް ވުރެ ބޮޑު ނުވަނެގޮތް ހެދުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިކަމަށްވެސް މުޢިއްޒު ފަހަގަކުރެއްވިއެވެ.

އެހެންކަމުން އެ އަގު ކުޑަކުރެވޭކަމަށް އުއްމީދު ކުރެވޭކަމަށް ވިދާޅުވެ މުޢިއްޒު ވަނީ ސަކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައި ނުވާކަމަށް ހައުސިން ޑިވޮލޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީން) ވަނީ ހާމަކޮށްފައެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކަށް ފައިސާ ދައްކާ ހަލާސްކުރަން ޖެހެނީ 25 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓްގެ ގޮތުގައި މަހަކު 7،500ރ. ދައްކާ ގޮތަށް ކަމަށެވެ. އަދި ފްލެޓްތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000ރ. ނަގަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. އެހެންނަމަވެސް ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ނިންމަވާފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ނެގުމަށް ނިންމަފައިވަނީ ފްލެޓްތަކުގެ އަގު 20 އަހަރަށް ބަހާލައި ޑައުންޕޭމަންޓަކީ 25،000ރ. ކަމަށް ކަނޑައެޅުމަށެވެ. އަދި ކުލީގެ ގޮތުގައި 5،600ރ. ހަމަޖައްސައި މެއިޓެނެންސް ފީގެ ގޮތުގައި 1،000ރ. ނެގުމަށެވެ.

އެޗްޑީސީން ބުނީ، ޑައުންޕޭމަންޓްގެ ގޮތުގައި ދައްކާ ފައިސާ ފްލެޓްގެ ޖުމްލަ އަގުން އުނިކޮށް، މަހު ކުލި އެ އަގާ އެއްގޮތަށް ކުޑަކުރެވޭނެ ކަމަށެވެ. އަދި ފްލެޓެއް ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. ފްލެޓް އެއްބަސްވުމުގައި ސޮއިކުރާ، ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް އެއްްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ކަނޑައަޅާފައިވަނީ ފްލެޓްތައް ހަވާލުކުރާއިރު ފިނިޝިން މަސައްކަތް ނުނިމެނޭތީ އެކަން ކުރުމަށެވެ.

ހިޔާ މަޝްރޫއުގެ މައުލޫމާތުތައް ވީހާވެސް ހަލުވިކަމާއި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ހިޔާ މަޝްރޫޢުއަށް ހާއްސަ ރަސްމީ ‘ވައިބަރ ޗެނަލް އެއް ތަޢާރުފުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ. އަދި މި ‘ވައިބަރ ޗެނަލުން އެޗްޑީސީގެ ވެބްސައިޓް އަދި މީސްމީޑިއާގައި ހިޔާ މަޝްރޫޢުއާ ގުޅޭގޮތުން ޝާއިޢުކުރެވޭ ހުރިހާ މަޢުލޫމާތެއް ލިބިގެންދާނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލަދު
މުއިއްޒުގެ މިނިސްޓަރުކަމުގައި ޗައިނާޓައުންގެ ފްލެޓްތަށް ލިފްޓެއް ނުލާ 2 ފަހާނަލާފަ އެހާ ދެރަކޮށް ހަދާފަ 25 އަހަރަށް ބަހާގޮތަށް ޑައުންޕޭމަންޓްދައްކާގޮތަށް 7350 ރުފިޔާ ދަށްކަންޖެހޭ. އޭރު މުއިއްޒުމެން އަގު ކުޑަނުކުރީ ކީއްވެ. މިހާރު ތކޔައުޅެނީސަރުކާރަށް ޖެއްސުންކުރުމަށާއި ރައްޔިތުންގެ ވޯޓް ހޯދަން. ދެން ރައްޔިތުން ބުނާނެ ފްލެޓްގެ އަގުކުޑަކުރީ މުއިއްޒުއޭ ހުރިހާ ކުރެޑިޓެއް މީނާއަށް.
ހ ހާލަތު
ތިސައިޒުގެ 2 ކޮޓަރީގެ ތަނެއް ފިނިޝިން އަމިއްލައަށް ކުރާގޮތަށް މާ ބޮޑުތަނުންވެސް އަގު ބޮޑެވެ. ތިޔައްވުރެ ސައިޒު ބޮޑު ރަގަޅަށް ހަދާފަ ހުންނަތަންވެސް މިހާރު ދިހަ ބާރަހާހަށް ލިބިއެވެ. ސޯސަލް ހައުސިންއަކަށް އަދި އެހާ ކުޑަ ތަނެއް 8500 އަށް މާވެސް ބޮޑެވެ.